ޗުއްޓީގައި އުޅުނަސް ކޮވިޑްގެ އިތުރު ރާޅަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ އަދާކޮށްދެއްވާ: މަބްރޫކް

ކޮވިޑްގެ އިތުރު ރާޅަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު އިލްތިމާސް ކުރައްވައިފި އެވެ.

މަބްރޫކް މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ މިދުވަސްވަރު މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު މަދުވިޔަސް، އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް އިތުވަމުންދާތީ އެވެ. އަދި މިއީ ބޮޑު ޢީދި ބަންދުގެ ދުވަސްވަރު ކަމަށްވާތީ، ގިނަ ބަޔަކު އަތޮޅުތަކަށް ދަތުރުކުރަމުންދާތީ އެވެ.

އިޝްތިހާރު Below Header ad

މަބްރޫކް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ޗުއްޓީ ހޭދަކުރަމުން ދާއިރު ސިއްހީ މާހިރުންގެ ނަސޭހަތާއި އިރުޝާދުތައް ހަނދާނުގައި ބެހެއްޓުމަށް ގޮވާލައްވާފަ އެވެ. އަދި މާސްކު އެޅުމަށާއި އަވަސް އަވަހަށް ސެނަޓެއިޒަރ ބޭނުން ކުރުމަށް ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރުން ގިނަ ގިނައިން އަތް ދޮވުމަށާއި ބައްދަލުވާ މީހުން ވީހާވެސް މަދު ކުރުމަށް ވސް ވަނީ އެދިވަޑައިގެންފަ އެވެ.

“ކޮވިޑްގެ އިތުރު ރާޅަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ އަދާކޮށް، ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދެއްވާ” މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް މިގޮތަށް ނަސޭހަތްތެރިވެ، ޓްވީޓު ކުރައްވާފައިވާ އިރު، ތ. ކިނބިދޫ އިން ވަނީ ކުޑަކުއްޖަކު ޕޮޒިޓިވް ވުމާއިގުޅިގެން އެރަށް މިހާރު ވަނީ މޮޏިޓަރިންގ އަށް ލާފަ އެވެ. އެރަށް މޮނީޓަރިންގ އަށް ލާފައިވާ އިރު، އެރަށުގައި އައީ ބޮޑު ޢީދު ފާހަގަ ކުރުމަށް ތައްޔާރު ވަމުން ނެވެ.

ރާއްޖޭގައި ކޮވިޑުގެ 3 ވަނަ ރާޅެއް އުފެދި، ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިއުމާއެކު ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރި އެވެ. އޭގެ ނަތީޖާއަކީ ޕޮޒިޓިވް ވާ މިންވަރު ދަށްވުމެވެ.

އެެހެންކަމުން މި ޖުލައި މަހުން ފެށިގެން ސަރުކާރުން ދިން ލުޔާއެކު މިހާރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޗުއްޓީ ހޭދަ ކުރަން ރަށްރަށަށް ގޮސްފަ އެވެ.

މިއީ އަޟްހާ އީދުގެ ބަންދު ދުވަސްވަރު ކަމަށްވާތީ، ރަށްރަށުގައި އަންނަނީ ކޮންމެވެސް ވަރަކަށް ޢީދުގެ އުފާ ފާހަގަ ކުރުމަށް ތަފާފު ހަރަކާތްތައް ވެސް ބާއްވަމުން ނެވެ.

ނަމަވެސް ގިނަ ބަޔަކު އެއްވެ އީދު ފާހަގަ ކުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވަނީ އީދު ފާހަގަ ކުރަން ބާއްވާ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފަ އެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް ރަށްރަށުގައި މިފަދަ ހަރަކާތްތައް ރާވާ، އަންނަނީ ހިންގަމުން ނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.