ޓޯކިޔޯ އޮލިމްޕިކްސް ފެށެނީ، ޖަޕާނުގައި ކޮވިޑު ކޭސްތައް އިތުރުވަނީ!

ކުޅިވަރުގެ އެންމެބޮޑު ޢީދު ކަމަށްވާ، އޮލިމްޕިކްސް ކުޅިވަރު މުބާރާތް މި ޖުލައި މަހުގެ 23 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، މިހާރު މިވަނީ އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޓޯކިޔޯ އޮލިމްޕިކްސް މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓޯކިޔޯއަށް ދާން ފަށާފައިވާއިރު، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދުތައް ފެންނަމުންދާ ކަމީ މިހާރުއޮތް އެންމެބޮޑު ކަންބޮޑުވުމެވެ. ބޮލުގަ ރިހުމެވެ.

އިޝްތިހާރު Below Header ad

މިކަމުގެ ސަބަބުން ޓީމުތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ.

ކަންމިހެން އޮތް ަިރު، އެމެރިކާގެ ޖިމްނާސްޓިކް ޓީމުގެ އެތުލީޓެއް ކޮވިޑަށް ޕޮޒިޓިވްވެ، އެޓީމުގެ އެހެން އެތުލީޓެއްވަނީ ޑައިރެކްޓް ކޮންޓެކްޓަކަށްވުމުން އެކަހެރިކޮށްފަ އެވެ. މި ދެ އެތުލީޓުން ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާ އިރު، ޓީމުގެ އެހެން އެތުލީޓުން މިހާރުވަނީ އެތުލީޓުންގެ ވިލެޖަށް ގެންގޮސްފަ އެވެ.

Tokyo Olypics 1

މީގެ އިތުރުން ޗެކް ރިޕަބްލިކްގެ ބީޗް ވޮލީ ޓީމްގެ ކުޅުންތެރިއެއް ވެސް ޕޮޒިޓިވްވެފައިވާ އިރު، އެޓީމުގެ މެންބަރަކު މީގެ ދެ ދުވަސްކުރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ޖަޕާންގެ ސަރުކާރުން މިފަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ކުރިއަށް ގެންދާތީ އެގައުމުގެ ބައެއް ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މުބާރާތް ނުބޭއްވުމަށް ގޮވާލާ އަޑު އުފުލާފާ ވެސް ވެއެވެ.

Tokyo Olypics 3 1

ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިފަދަ ބޮޑު މުބާރާތެއް ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓޯކިޔޯ އޮލިމްޕިކްސް ގައި ރާއްޖެއިން ބައުވެރިވާ އެތްލީޓުން ވެސް މިހާރުވަނީ ޖަޕާނަށް ގޮސްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.