ޚަބަރު ފީތާ

މިއަދު ހަވީރު 4 ން ރޭގަނޑު 8 އަށް ވެހިކަލް ދުއްވުން މަނާ!

މިއަދު ހަވީރު 4 އިން ރޭގަނޑު 8 ޖަހަންދެން ވެހިކަލް ނުދުއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

އެ ކައުންސިލުން މިގޮތަށް ހަމަޖެއްސީ ސިޓީ ކައުންސިލުން މިކަމާބެހޭގޮތުން ޢާއްމުންނަށް ހުޅުވާލި ޕޯލެއްގެ ނަތީޖާއިން 57 އިންސައްތަ އަށްވުރެ ގިނަ މީހުންގެ ތާއީދު މިކަމަށް ލިބުމުން ނެވެ.

14 ޖުލައި ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 11 ވަނަ ޢާއްމު ޖަލްސާގައި ނިމާފައިވަނީ ބޮޑު ޢީދު ދުވަސްކަމުގައިވާ ޛުލްހިއްޖާމަހުގެ 10 ވަނަ ދުވަސް، ޖުލައި 20 ވަނަ ދުވަހު ހަވީރު 4:00 ފެށިގެން ރޭގަނޑު 8:00 އަށް މާލޭ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާފައިއުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ޒަރޫރީ ބޭނުމަށްނޫނީ އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށެވެ.

މި ނިންމުމާއެކު މާލޭ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައިވާގޮތުން ޚާއްޞަ އުޅަނދުތަކަށް ޢާއްމު ޚިދުމަތްތަކާ ބެހޭ ބައިން ލިބޭނެ އެވެ.

ޚާއްސަ ކަންކަމުގެ އުޅަނދުތަކުގެ ގޮތުގައި ގިންތިކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞާކުރެވިފައިވާ ސައިކަލު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް، އެ ދުވަހު އެ ގަޑީގައި ދުއްވުމަށް ހުއްދަދޭ އެހެނިހެން އުޅަނދުތަކެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މިއަދު ހަވީރު 4 ން ރޭގަނޑު 8 އަށް ވެހިކަލް ދުއްވުން މަނާ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.