ޚަބަރު ފީތާ

ޢީދަކީ މިނިވަންކަމުގެ ޢީދެއް، ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހަވަތްތަކުން މިނިވަން ކޮށްދޭ އީދަކަށް: ޚުތުބާ

ޢީދަކީ މިނިވަންކަމުގެ ޢީދެއް ކަމަށާއި ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހަވަތްތަކުން މިނިވަން ކޮށްދޭ އީދަކަށް ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުޠުުބާގައި ބުނީ އަޟްޙާ ޢީދަކީ ޤުރުބާނީގެ ދުވަސް ކަމަށާއި މާތްﷲ ސަލާމްލެއްވި އިބްރާހީމްގެ ފާނާއި ދަރިކަލުން އިސްމާޢީލްގެ ފާނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނުން ފާސްވެވަޑައިގަތުމުން މާތް ﷲ އެދެބަފައިކަލުންނަށް ތަޢުރީފްގެ ބަސް ވަޙީކުރެއްވި ދުވަސް ކަމަށެވެ.

މި ޙާދިސާގައި އިސްމާޢީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާ އަކީ، މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށް ވެސް ޚުޠުުބާގައި ބުނެފައި ވެއެވެ. އަދި އެއީ މާތް ﷲ އަށް ކިޔަމަންގަތުމަށް ފަހު، މައިންބަފައިންގެ ބަސް އަހަން ޖެހޭނެކަމުގެ ހެޔޮ މިސާލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

“އިސްލާމީ އުއްމަތް މި ޙާދިޘާ އިން ޢިބްރަތް ޙާޞިލު ކުރަން ޖެހިފައި ވީނަމަވެސް މިއަދު ފެންނަމުން ދަނީ، އިސްލާމް ދީނަށް، ފާޅުގައި އިހާނެތި ކޮށް ހިތަމުން އަންނަ ތަން. އެގޮތުން ކީރިތި ޤުރްއާނަށް އިހާނެތި ކޮށް ހިތުމާއި ނަބިއްޔާއަށް ފުރައްސާރަ ކުރުމާއި، މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ ގަތުމާއި، މުސްލިމު ވެރީންގެ އަބުރަށާއި ފުރާނައަށް އަރައިގަތުމާއި، އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުން.” ޚުތުބާގައި ބުނެފައި ވެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޢީދަކީ މިނިވަންކަމުގެ ޢީދެއް، ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހަވަތްތަކުން މިނިވަން ކޮށްދޭ އީދަކަށް: ޚުތުބާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.