
ދުވާލަކު 80 ޓެސްޓު ހެދޭ ޕީސީއާރް މެޝިނެއް ފުވައްމުލައްސިޓީގައި ބަހައްޓައިފި
ފުވައްމުލައް ސިޓީގައި މީގެކުރިން ކޮވިޑަށް ޓެސްޓުކުރީ ޖީން އެކްސްޕާރޓް މެޝިނަކުން ނެވެ.
އެހެންނަމަވެސް އެ މެޝިން ބޭނުންކުރީ އަވަސް ނަތީޖާ ބޭނުންވާ ހާލަތްތަކުގައި އެކަންޏެވެ. އެ ރަށުން ނަގާ ރޭންޑަމް ސާމްޕަލްތައް ޓެސްޓު ކުރީ އައްޑޫއަށް ފޮނުވައިގެން ނެވެ.