ޚަބަރު ފީތާ

އުސޫލާ ޚިލާފަށް ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

ފޮޓޯ: ސަން މީޑިއާ

ދަތުރު ކުރާމީހުން ދަތުރުކުރަނީ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދެފި އެވެ.

އެގޮތުން އެފަދަ ކަންކަން ބެލުމަކީ ކައުންސިލްތަކުގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމަށް ފުލުުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ މިދުވަސްވަރަކީ ޢީދު ބަންދާއި ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީ، ގިނަ ބަޔަކު އަތޮޅުތަކަށް ފުރައިގެންދާތީ އެވެ.

ފުލުހުން ބުނީ އީދު ބަންދާއި ދިމާކޮށް އުސޫލުތަކާއި ޚިލާފަށް ރަށްރަށް ދަތުރު ކުރާ މީހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަސްވެފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލާ ރަށް ރަށަށް ދެވޭނެގޮތަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް ބައެއް މީހުން ގައިޑްލައިނާއި ޚިލާފަށް ވެކްސިން ފުރިހަމަ ނުވިނަމަވެސް ދަތުރުކުރާ ކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އުސޫލާ ޚިލާފަށް ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން"

  1. ނިއުވޯލްޑް އޯޑަރ | ޖުލައި 19, 2021 at 16:52 |

    އަނިޔާވެރިކަން އިންތިހާއަށް. ދައްޖާލިއްޔަތަށް އެހީވާ އެހީވުން.

Comments are closed.