
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 10 ގައުމެއްގައި ހަރަކާތްތަކެއް ހިންގަން ފަށައިފި
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް 10 ގައުމެއްގައި ހަރަކާތްތަކެއް ހިންގަން ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ކޮވިޑްގެ ހާލަތާއެކު ޓްރެވަލް އެޖެންޓުން ތަމްރީންކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ހަރަކާތްތަކުގެ ތެރޭގައި ވަކިވަކި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުދިކުދި ހަރަކާތްތަކާއި، ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.
”ރަޝިއާ، ޗައިނާ، ކޮރެއާ އަދި ޖަޕާންން މާކެޓަށް އަމާޒްކޮށްގެން އެ ގައުމުގެ ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ހަރަކާތްތަކާއި، ޓްރެވަލް އެޖެންޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް އެބްގެންދަން. އަދި ބްރެޒިލް މާކެޓަށް އަމާޒްކޮށްގެން ކުރިއަށްދާ ފެމް ޓްރިޕެއް ވެސް އެބަގެންދަން“ އެމްއެމްޕީއާރްސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތުތައް ދީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތުތައް ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއާރއަކާއި ރޯޑް ޝޯވއެއްގައި މިއަހަރު ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.