މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް 131 އަހަރު ފުރިއްޖެ

މިއަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 131 ވަނަ އަހަރީ ދުވަހެވެ. އަހަރީ ދުވަސް ފެށިގެންދިޔައީ މިއަދު ހެނދުނު 06:00 ގައި ކަސްޓަމްސްގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތަކުން ނެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް، ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީއަށް ފޮނުއްވި އެވެ. އަދި މިތަހުނިޔާގައި ކަސްޓަމްސްގެ އެންމެހާ ލޮބުވެތި، ހީވާގި މުވައްޒަފުންނަށާއި މުވައްޒަފުންގެ ޢާއިލާތަކަށާއި ކަސްޓަމްސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތައްވެސް ޝާމިލްކުރެއްވި އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ. އިސްވެ މި ދުޢާ ވިދާޅުވެދެއްވީ ސީނިއަރ ސުޕްރިންޓެންޑެންޓް މުޙައްމަދު ނިޒާރެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ އެއްވަގުތެއްގައި ބާއްވާފަ އެވެ.

މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސް އޮފިސަރުންގެ ތެރެއިން މަޤާމުގެ ކުރިއެރުން ނުލިބި ގިނަ ދުވަސްވެފައިވާ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށްޓަކައި ކަސްޓަމްސް ބިލްޑިންގ ގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބޭއްވި ފައެވެ. މިރަސްމިއްޔާތުގައި އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީ އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް އެވެ.

މަޤާމުގެ ކުރިއެރުން ދިނުމަށްޓަކައި ބޭއްވި ހަފްލާގައި ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީ އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުތަކުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ދަތި އުނދަގޫ ދުވަސްތަކުގައިވެސް ދިވެހި ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ މުހިއްމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދެންނެވި އެވެ.

Customs 2

މަޤާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންނާ މުޙާތަބުކޮށް މިނިސްޓަރ އަލްއުސްޛާޒާ މާރިޔާ އަޙުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ކުރިއެރުމަކާއެކު ޒިއްމާތަކެއް އިތުރުވެގެންދާނެކަމާއި ކަސްޓަމްސްގެ ވާޖިބު އަދާކުރުމުގައި އިޙްލާސްތެރިކަމާއި ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލްކަމާއެކު ދެމިތިބުމަށް ނަސޭހަތްތެރިވި އެވެ.

ކަސްޓަމްސްގެ 131 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ހަފްލާ މިރޭ ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަސްޓަމްސްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާ އެވެ. 18 ޖުލައި 1890 ވަނަ ދުވަހު ކަސްޓަމްސްގެ ޚިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބަންޑާރަ ފިހާރައިގެ ނަމުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.