ޚަބަރު ފީތާ

އިނގިރޭސިވިލާތުގެ ކޮވިޑާއި ގުޅޭ ވެރިޔާ، ހެލްތް ސެކްރެޓަރީއަށް ކޮވިޑް ޖެހިއްޖެ

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ ސާޖިދް ޖާވިދް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސާޖިދު ކޯވިޑް ޕޮސިޓިވްވީ އިއްޔެ އެވެ. އަދި ޑަައިރެކްޓު ކޮންޓެކްޓުން ދެނެގަތް އިރު އޭގެ ތެރޭގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގެންނަވަ އެވެ.

އެކަމަކު ބޮޑުވަޒީރު ކަރަންޓީނަށް ވަޑައި ނުގެންނަވާނެ ކަމަށް ބުނެ އެވެ.

ސާޖިދު ހެލްތް ސެކްރެޓަރީއަކަށް އައްޔަން ކުރެއްވީ ކުރިން ހުންނެވި މެޓް ހެންކޮކް މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސާޖިދު މިވަގުތު އުންނެވީ އާއިލާ އާއި އެކު ގޭގައި އައިސޮލޭޓް ވެގެންނެވެ.

އޭނާ މީޑިއާއަށް ވިދާޅުވީ ކޮވިޑު ޖެހިފައިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ފަހުން ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ކޮންމެސް ވަރަކަށް ފެންނަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

ހެލްތް ސެކްރެޓަރީ އަށް ކޮވިޑު ޖެހިފައި މިވަނީ މާދަމާ އިނގިރޭސިވިލާތުގައި އިއުލާނުކޮށްފައިވާ ކޮވިޑު ފިޔަވަޅުތައް އެއްކޮށް އުވާލަން ނިންމާފައި ވަނިކޮށެވެ. ފިޔަވަޅުތައް އެއްކޮށް އުވާލަން ނިންމައި ބޮޑުވަޒީރު ބޮރިސް ވިދާޅުވެފައިވަނީ ކޮވިޑާއި އެކު އުޅެން ދަސްކުރަންޖެހޭ ކަމަށާއި އިިތުރައް ގައުމު ބަންދުކޮށްގެން ނުބޭއްވޭނެ ކަމަށެވެ.

އިނގިރޭސި ސަރުކާރުން މި ފިޔަވަޅު އަޅަނީ އެ ގައުމުގެ ސައިންސްވެރިން ފިޔަވަޅުތަކަށް ލުއި ނުދިނުމަށް ގޮވާލަމުން ދަނިކޮށެވެ. އެ ގައުމުގައި މިހާރު ދުވާލަކު 50،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވަމުން ދާއިރު ޑެލްޓާ އަދި ޑެލްޓާ ޕްލަސް ވޭރިއަންޓު ފެތުރި ގައުމުގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އިނގިރޭސިވިލާތުގެ ކޮވިޑާއި ގުޅޭ ވެރިޔާ، ހެލްތް ސެކްރެޓަރީއަށް ކޮވިޑް ޖެހިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.