ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ޢާންމުކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ޢާންމުކޮށްފި އެވެ.

1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރުމަށް ނިންމާފައިވާ މި މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެ އެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓާއި ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ނިންމާފައިވާއިރު، މި މަޝްރޫއުގެ ޓޭންޑަރ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ ދަށުން ކުރާނެ މައިގަނޑު މަސައްކަތްތައް ގޮތުގައި އެއާޕޯޓްގެ އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި އެއަރޕޯޓުގެ ރަންވޭ 2460 މީޓަރަށް ބޮޑުކުރަން ނިންމާފައިވާއިރު، ފޭސް 2 ގައި ރަންވޭ 3000 މީޓަރަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭއެއް ހެދުމާއި، ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެއިތުރުން އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ފަރުމާކުރުމާއެކު، ކޯޑް އެއަރކްރާފްޓްތަކުގެ އޮޕަރޭޝަންތަކަށް އެކަށީގެންވާ ޕެސެންޖަރ ޓަރމިނަލެއް ގާއިމުކޮށް، ފަސިންޖަރުންނަށް ޚާއްޞަ ޖެޓީއަކާއި ދެވަނަ ފޭސްގައި ސީ ޕްލޭން އޮޕަރޭޝަނަށް ޓަރމިނަލެއް ވެސް ހެދުމަށް ވަނީ ނިންމާފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުން ނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ.

މިއީ ރައީސް ސޯލިހުގެ އެމަނިކުފާނުގެ ރިޔާސީ ވަޢުދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.