ލޯކަލް ކައުންސިލް އިންތިޚާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނަށް.

އަންނަ އަހަރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަލާމަތީކަންކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އާއެކު އިލެކްޝަން ކޮމިޝަން  އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސަލާމަތީކަންކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އާއެކު އިލެކްޝަން ކޮމިޝަން  އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރައްވާފައި މިވަނީ މިކަމާ ގުޅިގެން މިއަދު ހެނދުނު އިިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ޕޮލިސް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއެވެ. އަދި އިލެކްޝަން ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާންއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލުމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ނައީބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގާނޫނި ގޮތުން އިލެކްޝަން ކޮމިޝަނުން ކުރަން ޖެހޭ ޒިންމާތަކާއި، ވާޖިބްތައް އަދާކުރުމުގައި ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދިޔުންކަަމަށެވެ.

އަމްޖަދު ވިދާޅުވީ އިންތިޚާބުތެރޭގައި އިންތިޚާބައް ހުރަސްއެޅޭފަދަ އަމަލެއް ހިންގަފާނެ ކަމަށް ބަލަންޖެހޭ ކަމަށާއި އެހެން ކަމުން ކުރިޔާލާ އެކަމަށް ވިސްނާ ތައްޔާރުވެސް ވާންޖެހޭކަމަށެވެ. އެގޮތުން މިއަދުގެ މި އެއްބަސްވުމުގެ ސަބަބުން މިކަމަށް ހައްލުލިބިގެން ދާނެކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.

އަމް ޖަދު ވިދާޅުވީ މިއަދު ޕޮލިސް ސާވިސްއާ އެކު ކޮއިމިކުރިނަމަވެސް މީގެ ކުރީގެ އިންތިޚާބަތުކައި އެފަރާތުން އެހީތެރިކަން ދެމުން ގެންގޮސްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްގެން ނޫންކަމަށެވެ. އެހެން ނަމަވެސް ފުރިހަމައަށް މިކަހަލަ ކަންކަމުގައި ޕޮލިސް ސާވިސްގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑް ހެޑް ހަމްދޫން ރަޝީދު ވިދާޅުވީ މިހާރު އެއްބަސްވުމުގެ ދަށުން ކުރަމުންދާ މަސައްކަތަކީ އިލެކްޝަންގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ދެ  ފަރާތާއި ގުޅިގެން ކުރުމާއި އަދި އިލެކްޝަން އޮންނަ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އަދި އޭގެ އިތުރުން އިލެކްޝަން ނިމުމަށް ފަހުވެސް އެކަމާއި ގުޅިގެން ކުރާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

އެގޮތުން މިހާރުން ފެށިގެންވެސް ލޯކަލް ކައުންސިލް އިންތިޚާބައް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ 14 ގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އާއި އަދި ރާއްޖެއިން ބޭރު އަދި ސިނާއީ ރަށްތަކާއި ރިޒޯޓްތައްކާއެކު ޖުމްލަ 470 ވޯޓްފޮށި ބަހައްޓާ ގޮތައްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.