ނަބަވީ އިރުޝާދުން ހޭލުންތެރިކަން ލިބިގެން ނަފްސުތައް ރައްކާތެރިކުރުމަށް ތެދުވަން ޖެހޭ: ޚުތުބާ

ނަބަވީ އިރުޝާދުން ހޭލުންތެރިކަން ލިބިގެން ނަފްސުތައް ރައްކާތެރިކުރުމަށް ތެދުވަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ މުޖްތަމައުއާއި ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ޖޯޑު ކުރަންޖެހޭ ކަމަށެވެ. އަދި ރަސޫލާގެ އުންމަތުގެ މީހުން ވާން ޖެހޭނީ، ބިނާކުރަނިވި މީހުންނަށް ކަމަށެވެ.

އިޝްތިހާރު Below Header ad

“އިސްލާމީ ރިސާލަތަކީ ބައިނަލްއަގުވާމީ ރިސާލަތެއް. މާތް ﷲ މި ރިސާލަތު ބާވައިލެއްވީ، ހުރިހާ ގައުމުތަކަކަށާއި، ހުރިހާ އުއްމަތްތަކެއްގެ ހެވާއި ލާބައަށްޓަކާ. އެހެންކަމުން މި އެއްބައިވަންތަކަން ހިތް މައްޗަށް ގެނެސް، މުޖުތަމައުގެ ސަލާމަތްކުރުމަށް އަތުކުރި އޮޅައިލައި މަސައްކަތް ކުރަންޖެހޭ. ވަޠަނުގެ އަމްނާއި، ސަލާމަތާއި، ހަމަޖެހުމަށްޓަކައި މަސައްކަތްކުރުމަށް އަޒްމު ކަނޑައަޅަންޖެހޭ.” ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ދިރިއުޅުމުގެ ހައްގާއި މިލްކުވެރިކަމުގެ ހައްގަކީ އިންސާނާގެ އަސާސީ އެންމެ މުހިއްމު ދެ ހައްގު ކަމަށް އިންސާނީ ހައްގުތަކުގެ މޭސްތިރީން ބުނާކަން ފާހަގަކޮށްފަ އެވެ. އަދި އިންސާނީ ހައްގުތަކަށް ގޮވައިލާ މީހުންގެ މާކުރިން، އިސްލާމް ދީނުގެ ނަބިއްޔާ މުޅި ދުނިޔެއަށް މިކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނުގައި، މި ދެ ހައްގު ހޯދައިދީފައިވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫން ކަމަށާއި، ކޮންމެ އިންސާނަކަށް ވެސް، މިހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.