ފްލެޓު ލިބުނު ފަރާތްތަކުން އެޗްޑީސީ ޕޯޓަލްގައި ރެޖިސްޓްރީވުން އަވަސްކުރުމަށް ހިޔާ ޔޫނިއަން އިން ހަރަކާތެއް ފަށައިފި

ހިޔާ ފްލެޓް ލިބުނު ފަރާތްތަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ޕޯޓަލްގައި ރަޖިސްޓްރީކޮށް ފޯމް ފުރުމުގެ މަރުޙަލާ އަވަސްކުރުމަށް މަސައްކަތް ތަކެއް ފައްޓައިފި އެވެ.

ހިޔާ ޔޫނިއަންއިން އިސްނަގައިގެން ކުރިއަށްދާ މިހަރަކާތް ފައްޓާފައިވަނީ މިއަދު (16 ޖުލައި 2021) މެންދުރު 14:00 ގަ އެވެ.

އިޝްތިހާރު Below Header ad

ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން އަޙްމަދިއްޔާ ސްކޫލަށް ވަޑައިގެންނެވުމުން ފޯމު ފުރުމުގައި ޔޫނިއަންގެ ބޭފުޅުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ އެވެ. މިރޭ 20:00 އާއި ހަމަޔަށް މި ހަރަކާތް ގެންދިޔުމަށްވަނީ ހަމަޖެހިފަ އެވެ.

HIya 2

މިރޭ 22:00 ގައި ކުލަބް ހައުސް ފޯރަމްއަކަށްވެސް ހިޔާ ޔޫނިއަންއިން ދަނީ ތައްޔާރު ވަމުން ނެވެ. މި ފޯރަމްގައި ފްލެޓްތަކާއި ގުޅޭގޮތުން ޔޫއަންއަށް ލިބިފައިވާ އައު މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފޯމް ފުރުމުގައި ނުވަތަ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ މަޢުލޫމާތުތައް ވެސް މި ފޯރަމްގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.