ސްޕްރީމް ކޯޓަށް ހާޟިރުވާން ޢަލީ ވަހީދަށް ޗިޓު ފޮނުވައިފި

ސްޕްރީމް ކޯޓަށް ހާޟިރުވާން ޢަލީ ވަހީދަށް ޗިޓު ފޮނުވައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޟިރުވާން ޗިޓު ފޮނުވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުން އޮންލަންކޮށް ކުރިއަށްގެންދާ މައްސަލައިގެ އަޑު އެހުމަކަށެވެ.

އިޝްތިހާރު Below Header ad

މި މިމައްސަލައަކީ އަލީ ވަހީދު އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވޭގޮތަށް ކްރިމިނަލް ކޯޓުން ނިންމެވުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.

އޮންލައިންކޮށް ޝަރީޢަތްކުރިއަށް ގެންދަން ނިންމި، ނިންމުން ޕީޖީ ހައި ކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ނިންމީ އެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރަން ނިންމާފައިވަނީ ރާއްޖޭގެ އިހުތިސޯސުން ބޭރުގައި ދައުވާ ލިބޭ، އަލީ ވަހީދު ހުރެގެން ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ އެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަޑުއެހުމަށް ހާޟިރުވާން ޗިޓު ފޮނުވާފައިވާ ކަމަށް އެ ކޯޓުން ވަނީ ޔަގީން ކޮށްދީފަ އެވެ. އަލީއަށް ޗިޓް ފޮނުވާފައިވަނީ އޭނާ މިހާރު ބޭނުން ކުރާ މެއިލް އެޑްރެހަށެވެ. އަދި އަންގާފައިވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އޮންނަ އަޑުއެހުމަށް ހާޟިރުވުމަށެވެ.

އަލީ ވަހީދުގެ މައްސަލައިގައި މީގެ ކުރިން ޕީޖީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޢަލީ ވަހީދު ޝަރީއަތުގައި ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީއަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީއަތާ ސުވާލު ކުރިމަތިކުރުވި ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ދައުލަތުން އެދުނުނަމަވެސް ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމާ، އެ ކޯޓުން ބުނެފައިވަނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ 9، 2021 ގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.