އުރީދޫ ގެ ”ބެކް ޓު ސްކޫލް“ އޮފަރ، ތަފާތޭ ބުނީ ހަމަ ތަފާތުވީމަ!
އުރީދޫ މޯލްޑިވްސް އިން ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ”ބެކް ޓު ސްކޫލު‘ ގެ ނަމުގައި އޮފަރ އެއް މިއަދު ތަޢާރަފް ކޮށްފި އެވެ.
ޕަރސަނަލް ކޮމްޕިއުޓަރސް ޕާރޓްނަރވެ، ފެށި މި އޮފަރ ގެ ބޭނުމަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުމެވެ.
”ބެކް ޓު ސްކޫލް“ އޮފަރ ގެ ދަށުން ޕަރސަނަލް ކޮމްޕއިޓަރސްއިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބޭނެ އެވެ. އަދި މައިފައި ޑިވައިސް މެދުވރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗަރޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ވެސް ލިބޭނެ އެވެ.
މީގެ އިތުރުން ޕާސަނަލް ކޮމްޕިއުޓަރސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ހިމަނާފައިވާ އިރު، އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށާއި މަސައްކަތުގެ މާހައުލާއި ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަރނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި ކަމަށެވެ.
”އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަރނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕަރސަނަލް ކޮމްޕިއުޓަރސް އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި އަހަރަކަށް އެދެން.“ ނިޔާޒު އިތުރަށް ވިދާޅުވި އެވެ.
ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ޚިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާ ވާންޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަރނެޓްގެ ޚިދުމަތާއި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފަ އެވެ.