މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެ، އެކަމަކު ބޮޑު ޖަމާޢަތުގައި ނުކުރާނެ: މިނިސްޓްރީ
މި އަހަރު އަޟުހާ އީދު ނަމާދު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އޮތް ނަމަވެސް، ބޮޑު ޖަމާއަތުގައި ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެހެންނަމަވެސް އެ މިނިސްޓްރީން ބުނީ ކޮވިޑްގެ ހާލަތު ނެތް ރަށްރަށުގައި ބޮޑު ޖަމާޢަތް ހަދައިގެން އީދު ނަމާދުގެ ބާއްވަން އެދެފިނަމަ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު މިސްކިތްތައް ބަންދުކޮށް، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތުު ވަރަށްބޮޑަށް ގޯސްވެ، ކޭސްތައް އިތުރުވުމަށް ފަހު، މިދުވަސްވަރު ކޮވިޑު ކޭސްތައް ޕޮޒިޓިވް ވާ މިންވަރު ވަނީ މަދުވެފަ އެވެ.
އެހެންވެ، އެޗްޕީއޭ އިން ވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ބޮޑެތި ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި މަހުގެ 20 ވަނަ ދުވަހެވެ.