އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ކޯޓާ 3 އަހަރަށް އިތުރުކުރުމަށް ނިންމައިފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ކޯޓާ 3 އަހަރަށް އިތުރުކުރުމަށް ނިންމައިފި އެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ 3 އަހަރަށް އިތުރުކުރުމަށް ނިންމާ، ރާއްޖެއަށް އެތެރެކުރެވޭނެ މިންވަރު މިހާރު ވަނީ އިންޑިއާއިން ހާމަކޮށްފަ އެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފިޔާ، އަލުވި، ބިސް، ހަނޑޫ، ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ކުރިޔަށް އޮތް 3 އަހަރު އެއްވެސް ހިފެހެއްޓުމެއް ނެތި، ވަކި މިންވަރަކަށް 22-2021، 23-2022 އަދި 24-2023 ވަނަ އަހަރު ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާގެ އަދަދު އިތުރުކޮށްފައި މިވަނީ ރާއްޖެ އާއި އިންޑިއާ ހަދާފައިވާ ބައިލެޓްރަލް އެއްބަސްވުމުގެ ދަށުން ނެވެ. އަދި މިގޮތަށް ނިންމާފައި މިވަނީ އެ އަދަދު އިތުރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން އެދިފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި އޮތުމަށް ފަހު، މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް ވަނީ އުފައްދާފަ އެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި ވެސް ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް މީގެ ކުރިން އެ ގައުމުން ވަނީ ހައްލު ހޯދައިދީފަ އެވެ.

އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތް ދަނޑިވަޅުގައިވެސް، އެ ގައުމުން ވަނީ ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.

ރާއްޖެ އާއި އިންޑީއާއާ ދެމެދު 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ކާޑުގެ ބާވަތްތައް ރާއްޖެއަށް އިންޑިއާއިން އަންނަނީ އެތެރެކުރަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.