ކޮވިޑް އައިސޮލޭޝަން ވޯޑުގައި ރޯވި އަލިފާނުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 92 އަށް އަރައިފި

އިރާޤްގެ ހޮސްޕިޓަލެއްގައި ކޮވިޑް އައިސޮލޭޝަން ވޯޑެއްގައި ހޯމަ ދުވަހު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ޢަދަދު 92 އަށް އަރައިފިއެވެ.

އިރާޤްގެ ރަސްމީ މީޑިއާއިން ސިއްޙީ އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވާ ގޮތުގައި، އަލްހުސެއިން ޓީޗިން ހޮސްޕިޓަލްގެ ކޮވިޑް އައިސޮލޭޝަން ވޯޑްގައި ހޯމަދުވަހު ހިނގި އަލިފާނުގެ މިހާދިސާގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މުޅި ވޯޑް އެއްކޮށް ވަނީ އަނދާ އަޅިއަށް ވެފައެވެ. މީގެ އިތުރުން މަރުވެފައިވާ މީހުންނަކީ ކޮން ބައެއްކަން ވަކި ނުވާވަރަށް ފިހިފައިވާ ކަމަށާއި، އެއީ ކޮން ބައެއްކަން ޔަގީން ކުރެވޭނީ ޑީ،އެން.އޭ ޓެސްޓު ހެދުމަށް ފަހު ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

އޮފިޝަލުން ބުނެފައި ވަނީ، މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވިކަމަށް ލަފާ ކުރެވިފައި ވަނީ ކަރަންޓު ޝޯޓް ސާކިޓެއް ވެގެން ކަމަށާއި، އަލިފާންގަނޑު ބޮޑަށް ފެތުރިފައި ވަނީ ވޯޑްގައި ހުރި އޮކްސިޖަން ސިލިންޑަރުތައް ގޮވުމުގެ ސަބަބުން ކަމަށެވެ. އަލިފާނާއެކު ބޯ ދުމުގެ ސަބަބުން އެވަގުތު މީހުންނަށް ސަލާމަތްވާން ދަތިވި ކަމަށާއި، އެވޯޑުގައި އަލިފާން ނިވަން ބޭނުންކުރާ އާލާތްތައް ނެތްކަމަށްވެސް ބައެއް އޮފިޝަލުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިހާދިސާގެ ތަހުގީގާއިބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާކަމަށް މީޑިއާގައި ބުނެފައިވެއެވެ. އަލިފާން ރޯވެފައި ވަނީ 3 މަސް ކުރިން ހުޅުވި 70 އެނދުގެ ޖާގަ ހުންނަ އައު ފެސިލިޓީއެއްގައެވެ. މަރުވި މީހުންގެ ތެރޭގައި ސިއްޙީ 2 ހިދުމަތްތެރިންނާއި ސެކިއުރިޓީ ގާޑެއްވެސް ހިމެނޭ ކަމަށް އޮފިޝަލުން ވަނީ މަޢުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.