ޚަބަރު ފީތާ

ރައީސް ސޯލިހު އުތުރުގެ 3 ރަށަކަށް މި މަހު ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ

ފޮޓޯ: ހޯރަ އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުތުރުގެ 3 ރަށަކަށް މި މަހު ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަނިކުފާނު ވަޑައިގަންނަވަނީ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށެވެ. އަދި ދަތުރު ކުރައްވާނީ މި މަހުގެ 16 އިން 18 އަށެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީ އާއި ހދ. ކުމުންދޫ އާއި ހދ. ހަނިމާދޫ އަށް ރައީސް ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފަ އެވެ.

އެގޮތުން މިހާތަނަށް 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: