ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ލިސްޓުގަ ރާއްޖެ!

ޑަބްލިޔުއެޗްއޯ ގެ ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ލިސްޓުގަ ރާއްޖެ ހިމެނިއްޖެ އެވެ.

މިކަން ހާމަކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ޖަޕާނު ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔާ، ޝުކުރު ދަންނަވާފައި ވެއެވެ.

އިޝްތިހާރު Below Header ad

އެ ގައުމުން 11 މިލިއަން ވެކްސިން ޑޯޒު ކޮވެކްސް ފެސިލިޓީއަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ. އަދި އެ ވެކްސިންތައް ބަހާނީ 10 ގައުމަކަށެވެ.

އެހެންނަމަވެސް ޖަޕާނުން ހަދިޔާ ކުރަނީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމެއް ރާއްޖެއަށް ލިބޭ ވެކްސިނުގެ އަދަދު ވެސް އަދި ސާފެއް ނުވެ އެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް މީގެ ކުރިންވެސް ވަނީ ވެކްސިން ލިބިފަ އެވެ.

އެގޮތުން މިދިޔަ މާރޗު މަހު އެ ފެސިލިޓީން ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ 12،000 ޑޯޒު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.