ޚަބަރު ފީތާ

ހަނިމާދޫ އާއި ދަރަވަންދޫއަށް މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބާއްވަނީ!

ހދ. ހަނިމާދޫ އާއި ބ. ދަރަވަންދޫއަށް މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއްކުރަން ނިންމާފައިވާ ކަމަށް އެ އެއަރލައިނުން ބުނެފި އެވެ.

ގައުމީ އެއަރލައިނުން ބުނީ މިއީ އަޟްހާ އީދާ ދިމާކޮށް ބާއްވާ ދަތުރުތަކެއް ކަމަށެވެ.

މި ދަތުރުތަކުގެ ދެކޮޅު ދަތުރުތައް އީދު ފެށުމާއި ނިންމުމާއި ދިމާކޮށް ކުރާ ގޮތަށް ރާވާފައިވާ އިރު، ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހު އެވެ.

މޯލްޑިވިއަން އިން ބުނީ އެ ދުވަސްތަކުގައި ދަތުރު އޮންނާނީ މާލެއިން ދަރަވަންދޫ އަދި ދަރަވަންދޫއިން ހަނިމާދޫ އަށް ކަމަށެވެ.

އީދު ނިންމުމަށް ފަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ،30 އަދި 31 ވަނަ ދުވަހު ކަމަށާއި އެ ދުވަސްތަކުގައި ދަތުރުތައް އޮންނާނީ ހަނިމާދޫއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެ އަށް ކަމަށް ވެސް ގައުމީ އެއަރލައިނުން ބުނެ އެވެ.

މޯލްޑިވިއަން އިން ކުރާ އެތެރޭގެ އުދުހުންތަކުގައި ހަނިމާދޫ، ދަރަވަންދޫ އަދި ރ. އިފުރު އެއަރޕޯޓަކީ ޑިމާންޑު ބޮޑު އެއަރޕޯޓުތަކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: