ކޮބައިތަ ދުވާ ކުދިން، ހިނގާބަލަ ލީޕް ރަން 400 ޗެލެންޖުގަ ބައިވެރިވާން!
ލީޕް ރަން 400 ކިލޯމީޓަރުގެ ނަމުގައި ޚާއްސަ ޗެލެންޖެއް ފަށައިފި އެވެ.
މި ޗެލެންޖު އިންތިޒާމު ކުރާ ފަރާތުން އެޓޯލް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ 4 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ފުރިހަމަކުރަން ޖެހޭ ޗެލެންޖެއް ކަމަށެވެ.
ވަރޗުއަލްކޮށް ބާއްވާ މި ޗެލެންޖު މި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަަށް ކުރިއަށްދާނެ ކަމަށާއި ރެޖިސްޓްރީވުމުގެ ފުރުސަތު މމި ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޚ
“ކޮންމެ ދުވަހަކު ދުވެފަ، އަޅުގަނޑުމެންގެ ވެބްސައިޓަށް އަޕްލޯޑުކުރަންވާނެ. ދެން ޓީމުގެ ދުވުންތެރިންނަށް އެނގޭނީ ކިތައް ދުވަހު ދުވެގެންތޯ 400 ކިލޯ މީޓަރު ހަމަކުރާނީ. ކޮންމެގޮތެއްވިޔަސް ޖުލައި 31 އަށް ނިންމަންވާނެ.” ލީޕް ރަނަރސް އިން ވިދާޅުވި އެވެ.
ލީޕް ރަނަރސް އިން އިތުރަށް ވިދާޅުވީ މި ޗެލެންޖުގައި ބައިވެރިވުމަށް ކޮންމެ ދުވުންތެރިއަކު 250 ރުފިޔާ (ޓީމަކަށް 1،000 ރުފިޔާ) ދައްކަން ޖެހޭނެ ކަމަށެވެ. އަދި ދުވުންތެރިން (ޓީމުތައް) ސައިޓަށް އަޕްލޯޑު ކުރަމުންދާ ވަރަކަށް ރިޒަލްޓް ފެންނަން ހުންނާނެ ކަމަށް ވެސް ލީޕް ރަނަރސް އިން ވިދާޅުވި އެވެ.
ޗެލެންޖުގައި ބައިވެރިވުމަށް އަދި އިތުރު މަޢުލޫމާތު ސާފު ކުރުމަށް: http://www.leaprunner.org
“400 ކިލޯމީޓަރު އެންމެ އަވަހަށް ނިންމާ ޓީމަކަށް ވަރަށް ޚާއްސަ އިނާމެއް އޮންނާނެ. އެ އިނާމަކީ ހަމަ ސަރޕްރައިޒްއެއް. ޗެލެންޖު ފުރިހަމަ ކުރާ ފަރާތްތަކަށް (ޓީމުގެ ކޮންމެ މެމްބަރަކަށް) ފިނިޝަރ ޓީޝާޓާއި މެޑެލް ލިބޭނެ.” ލީޕް ރަނަރސް އިން ވިދާޅުވި އެވެ.