ޓިކްޓޮކްއެއް ކުޅެގެން 15،000 ރުފިޔާގެ އިނާމެއް ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!

މުނިފޫހި ފިލުވުމުގެ ދާއިރާގައި ޓިކްޓޮކްކުޅުމަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް ވައިގާ ހިފާފައިވާ ކަމެކެވެ. އަދި ޓިކްޓޮކް ކުޅެނީ ހަމައެކަނި ޒުވާނުންނެއް ނޫނެވެ. އެކި ޢުމުރުފުރައިގެ މީހުން ވެސް ތަފާތު ހުނަރުތައް ޓިކްޓޮކް އަންނަނީ ދޫކުރަމުން ނެވެ.

މިފަދަ ފަރާތްތަކަށް، މިނިވަން އުފާ ޓިކްޓޮކް މުބާރާތް 2021“ ގައި ބައިވެރިވެ، 15،000 ރުފިޔާގެ ފައިސާގެ އިނާމަކާ އަދިވެސް އިތުރު ފައިސާގެ އިނާމު ލިބޭ ވަރުގަދަ ޓިކްޓޮކް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފަ އެވެ.

އިޝްތިހާރު Below Header ad

ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރާފަރް މުޙައްމަދު ނަޝީދު (ބޭބީ) ގުޅިގެން އިންތިޒާމުކުރާ މި މުބާރާތަކީ މިއަހަރުގެ މިނިވަން ދުވަހު، ހޯމް މިނިސްޓްރީން އިންތިޒާމުކޮށް ޕީއެސްއެމުން ދައްކަން ނިންމާފައިވާ މުހިންމު ސެގްމެންޓެއްގެ ގޮތުގައި ގެނެސްދޭ މުބާރާތެކެވެ.

މި މުބާރާތުގައި ވާދަކުރަން ބޭނުންވާ މީހުން ޓިކްޓޮކް ވީޑިއޯތައް ކުޅެފައި ފޮނުވުމުގެ ފުރުޞަތު މިމަހުގެ 12 ވަނަ ދުވަހު ހުޅުވާލާ އިރު، މުއްދަތު ހަމަވާނީ މި މަހު 20 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އެއްވަނައަށް އަންނަ ފަރާތަކަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، އިތުރު 10 ފަރާތަކަށް ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ޓިކްޓޮކްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެކްޓިންގގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ތިން ފަރާތަކަށް ފްލީ ޕެއިޑް ތިން ލަވައިގެ ފުރުޞަތު ލިބޭނެ އެވެ.

މި ލަވަތައް ޑައިރެކްޓްކުރާނީ އަމްޖަދު އިބްރާހީމް އެވެ.

މި މުބާރާތުގައި ހުށައަޅާ ވީޑިއޯގެ ތީމަކަށް ވާންޖެހޭނީ މިނިވަން ދުވަސް ކަމަށާއި ކުލައެއްގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ގައުމީ ދިދައިގެ ކުލަތަކާއި ސަގާފީ ހެދުން ކަމަށްވެސް މުބާރާތުގެ ޤަވާއިދުތަކުގައި ބުނެފައި ވެއެވެ.

އެގޮތުން ގައުމީ ވަންތަ ލަވައާއި ދުވަހުގެ ޝިއާރާ ގުޅޭ ހުރިހާ ބާވަތެއްގެ އައިޓަމްތައް ވެސް މި މުބާރާތުގައި ބައިވެރިކުރެވޭނެ އެވެ.

މުބާރާތުގައި ބައިވެރިކުރާ ވީޑިއޯގެ ދިގުމިނުގައި ހުންނަަން ޖެހޭނީ 15 ސިކުންތާއި 20 ސިކުންތާ ދެމެދުގެ ދިގުމިނެކެވެ.

މި ހުރިހާ ޓިކްޓޮކް ވީޑިއޯތައް މިނިވަން ދުވަހުގެ ޓެލެތޯންގައި ދައްކާ އިރު، ވަނަވަނައަށް ހޮވޭ ފަރާތްތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ވެސް އެ ޓެލެތޯން ތެރޭގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.