ޢަބްދުﷲ ކަމާލުއްދީން ވެސް ސިޔާސީ ޕާޓީއެއް އުފައްދަވަނީ، ނަމަކީ ނެޝަނަލް ސޮލިޑާރިޓީ ޕާޓީ

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން ވެސް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު އުފައްދަވާ ޕާޓީގެ ނަމަކީ “ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ” ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އެވެ.

އިޝްތިހާރު Below Header ad

ކުރީގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން ބާރުވެރި ކުރެވި ދައުލަތުގެ ބާރުތައް ވަކިކުރެވިގެން ދިޔަ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް އެބަހުރި ކަމަަށެވެ. އަ

” އިސްލާމްދީނަށް ނަސްރުދީ ގައުމުގެ ސިޔާދަތު ދަމަހައްޓާ ރައްޔިތުން ފަރުދީ ގޮތުން ބާރުވެރިކުރުވުމާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ.” ޢަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

މި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވާ ކަމަށާއި ޕާޓީއާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރައްވާނީ އިލެކްޝަންސްގެ ހުއްދައަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، ޢަބްދުﷲ ކަމާލުއްދީން މީގެ ކުރީން ހުންނެވީ އެ ޕާޓީ ދޫކޮށްލެއްވީ މިދިޔަ މަހުގެ 29 ގަ އެވެ.

ކަމާލުއްދީން ސިޔާސީ ޕާޓިއެއް އުފައްދަވާ އިރު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން ވެސް ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިހާރުވަނީ 3،000 މީހުންގެ ސޮއި ހަމަކޮށްފަ އެވެ.

މި ދެ ޕާޓީ ވުޖޫދު ވާއިރު، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް މިހާރުވެސް އަންނަނީ ހިންގަމުން ނެވެ.

އެހެންކަމުން ޢަބްދުﷲ ކަމާލުއްދީންގެ ޕާޓީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 12 ވަނަ ސިޔާސީ ޕާޓީއަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.