ޕީޕީއެމް އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އަލުން ފަށައިފި

ޕީޕީއެމް އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން އެ ޕާޓީން ޚާއްސަ ކެމްޕޭނެއް ފަށާފައިވާ އިރު، އެ ޕާޓީން ބުނީ އޮގަސްޓް މަހުގެ ނިޔަލަށް އިތުރު 10،000 މެންބަރުން އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ ކުރިން ވެސް އެ ޕާޓީން ވަނީ މެމްބަރުން އިތުރުކުރުމަށް ޚާއްސަ ހަރަކާތްތައް ބާއްވާފަ އެވެ. ނަމަވެސް އެ ހަރަކާތްތައް މެދުކަނޑާލީ ކޮވިޑު ބަލީގެ ހާލަތައި ގުޅިގެން ނެވެ.

ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުން އިސްނަގައިގެން ފެށި މި ކެމްޕޭން އަތޮޅުތަކުގައި ވެސް ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

މީގެ އިތުރުން މިއީި ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިޚާބުގައި އެމަނިކުފާނު ރިޔާސަތަށް ގެނައުމަށްޓަކައި ކުރާ މައްސައްކަތްތަކަށް އިތުރު ފޯރިޔަކާ އިތުރު ޖޯޝެއް ގެނައުމަށް އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މާލޭގައި ޓީމުތަކަކުން ގޭގެއަށްގޮސްގެން މެންބަރުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އެމީހުން ތިބޭނީ ޕީޕީއެމްގެ ބައެއްކަން އެނގޭނެގޮތަށް ފާހެއް ނުވަތަ ޓީޝާޓެއް ލައިގެންކަމަށް އެޕާޓީން ބުނެ އެވެ. އަދި އަތޮޅުތަކުގައި އެހަރަކާތުގައި އުޅޭނީ ސްޓިއަރިންގ ކޮމިޓީއަކުން ކަމަށްވެސް އެޕާޓީން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މަޢުލޫމާތަށް ބަލާ އިރު، 30 ޖޫން 2021ގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 37،093 މެންބަރުން ނެެވެ. އަދި ޕީއެންސީގައި ޖޫން 30 ގެ ނިޔަލަށް ތިބީ 3975 މެންބަރުން ނެވެ. ބާކީ 2 ޕާޓީގައި ތިބީ ޖުމްލަ 41،068 މެންބަރުން ނެވެ.

ޖޫން 30ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ޖުމްލަ އަދަދަކީ، 53،139 އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.