ޚަބަރު ފީތާ

މަޖިލީހުން މިހާރު ފެންނަނީ ހުސް ބޭކާރު ބަހުސާއި ޒާތީ އެޖެންޑާ: ޑރ. ޖަމީލު

މަޖިލީހުން މިހާރު ފެންނަނީ ހުސް ބޭކާރު ބަހުސާއި ޒާތީ އެޖެންޑާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ސަރުކާރުގެ ނުކުޅެދޭ ވަޒީރުން ޖަވާބުދާރީ ނުކުރެވޭ ކަމަށާއި ފެނިގެންދަނީ ފާޅުގައި ކޮރަޕްޝަން ހިންގާ މަންޒަރު ކަމަށެވެ.

ކުރީގެ ނައިބު ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން، މަޖިލީހުގައި އޮތް އެޕާޓީގެ ސުޕަރ މެޖޯރިޓީއަކީ ފިނޑި ސުޕަމެޖޯރިޓީއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވާތީ އެވެ. އަދި އެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރު ފެނިގެން އެދަނީ އެމްޑީޕީގެ ޙަޤީޤީ ސިފަ ކަމަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: