އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ދެ ދަރިން ސިޔާސަތާއި އެކު އަބާދީ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ހަދަނީ

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި އާބާދީ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިންމައިފި އެވެ.

އެ މަސައްކަތުގައި މިހާޜު ވަނީ އެ ބިލް އެކުލަވާލާ ނިމި އާންމު ކޮށްފައި އެވެ. ބިލުގެ ނަމަކީ ކޮންޓްރޯލް ސްޓެބިލައިޒޭޝަން އެންޑް ވެލްފެއާ ބިލެވެ.

އިޝްތިހާރު Below Header ad

ބިލުގައި ވާގޮތުން އެ ސްޓޭޓްގެ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ ގިނަވެގެން ދެ ދަރިންނެވެ. އެ ބިލު އޮތް ގޮތުން އެންމެ ގެއްލުމާއި ފައިދާ ވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ބިލު ގާނޫނަކަށް ވުމުން ދެ ދަރިންނަށްވުރެ ގިނައިން ތިބޭ މީހުންނަކަށް ސްޓޭޓް ފެންވަރުގެ އެއްވެސް އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި ސަރުކާރު ވަޒީފާއަށް ކުރިމަތިލުމުން މަނާވާއިރު ގާނޫނު ފާސްވާ ފަހުން ވަޒީފާގައި ތިބޭ މުވައްޒަފުން ދެ ކުދިންނަށް ވުރެ އިތުރަށް ހޯދައިފި ނަމަ ވަޒިފާގެ ޕްރޮމޯޝަނެއް ނުލިބޭނެ އެވެ.

މީގެ އިތުރުން ދެ ކުދިންނަށްވުރެ އިތުރަށް ހޯދާ މީހުންނަށް ސަރުކާރު ސަބްސިޑީއެއް ނުލިބޭނެ އެވެ.

ބިލުގައި ވާގޮތުން ސަރުކާރު މުވައްޒަފަކު ހާލުގައި ޖެހިފައިވާ ދެ ކުއްޖަކު އެޑޮޕްޓް ކޮށްގެން ބަލާ ބޮޑު ކުރާނަމަ އެކަމަކަށް ހާއްސަކޮށް ދެ ފަހަރު ވަޒިފާގެ ކުރިއެރުން ލިބޭނެ އެވެ. އަދި ފިރިހެނަކު ނުވަތަ އަންހެނަކު ނަމަވެސް މުސާރަ އާއި އެލަވަންސްތަކާއި އެކު 12 މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

މީގެ އިތުރުން އެ ފަދަ މުވައްޒަފުންނަށް ނެޝަނަލް ޕެންޝަން ސްކީމަށް ލައިދޭ އެެލަވަނަސް ތިން ޕަސެންޓު އިތުރު ކޮށްދޭނެ އެވެ.

އެ ބިލު އެކުލަވާލާފައިވަނީ އުއްތަރް ޕްރަދޭޝްގައި ރައްޔިތުންނަށް އެކަށީގެންވާ ކާބޯތަކެއްޗާއި ވަޒީފާގެ ފުރުސަތުތަކާއި ކޮންމެ ރައްޔިތަކަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށް ބުނެފައިވެ އެވެ. އަދި ސިއްހީ ރަނގަޅު ޖީލެއް އުފެއްދުމަށް އާބާދީ ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށް ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އިންދިރާ ގާނދީ ދުވަސްވަރުވެސް ކިޔައިގެންއުޅުނު ” ހަމްދޯ ހަމާރޭ ދޯ “އަނެއްކާ މިއޮތީ އެދުވަސް އައިސްފައި

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.