ޚަބަރު ފީތާ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލަރޓް ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އޮރެންޖް އެލަރޓް ނެރެފި އެވެ.

މި އެލަރޓް ނެރަފއިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށްފަ އެވެ.

އެ އިދާރާއިން ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ. އަދި ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމަޔަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެ، އުދަ އަރާނެކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެދާނޭ ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މިއީ މެޓް އޮފީހުން މިއަހަރުތެރޭ ނެރުނު ދެވަނަ އޮރެންޖް އެލަރޓެވެ.

އޮރެންޖް އެލަރޓަކީ މޫސުމީ އެލަރޓްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތި އެލަރޓެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: