
ހިޔާ ފްލެޓް ޔޫނިއަންގެ ”ފަހުގެ އާދޭސް“ ހިމޭން އިހުތިޖާޖު ފަށައިފި
ހިޔާ ފްލެޓް ޔޫނިއަންގެ ފަރާތުން ކުރިއަށް ގެންދާ ”ފަހުގެ އާދޭސް“ ހިމޭން އިހުތިޖާޖު ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ހިމޭން އިހުތިޖާޖު ފަށާފައިވަނީ މިއަދު 14:00 ގަ އެވެ. އަދި މި އިހުތިޖާޖު ނިންމާނީ މާދަން ރޭ (10 ޖުލައި) 20:23 ގައި ކަމަށް އެ ޔޫނިއަންއިން ބުނެ އެވެ.
މި އިހުތިޖާޖާއި ގުޅޭ ގޮތުން ހިޔާ ޔޫނިއަން އިން އެޓޯލް ނިއުސްއަށް ބުނީ ދެ ދުވަހަށް ދެމިގެންދާ މި އިހުތިޖާޖު ގެ މަޤުސަދަކީ ހިޔާ ފްލެޓު ލިބުނު މީހުންނާއި ޢާއިލާތަކުގެ ކަންބޮޑުވުންތައް ކަމާއިގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
މީގެ އިތުރުން އެ ފަރާތްތަކުގެ ކަންބޮޑުވުން ވީހާ ވެސް ގިނަ މުވައްސަސާތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.
މި އިހުތިޖާޖުގެ ބައިވެރިން މި އިހުތިޖާޖުގައި ހޭޝްޓެގު އަކަށް ބޭނުންކުރާނީ:
#އަޑުއަހާށޭއަޑުއިވޭ ހޭރައްޔިތުންއަޑު
#ނިކަމެތި ރައްޔިތުންނިކަމެތިވާނީރައްޔިތުން
މި ދެ ހޭޝްޓެގެވެ.
ހިޔާ ފްލެޓް ލިބުނު ވީހާވެސް ގިނަ ފަރާތްތަކުންނާއި އެފަރާތްތަކުގެ ޢާއިލާތަކުން ’ހިޔާ ޔޫނިއަން ވައިބަރ ކޮމިއުނިޓީ‘ އާއި ގުޅި މި އިހުތިޖާޖުގައި ބައިވެރިވުމަށް އެ ޔޫނިއަން އިން އެދެއެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުމުގެ ޝުޢޫރުތައް ހިއްސާ ކުރުމަށް އެދެ އެވެ.
ހިޔާޔޫނިއަން ވައިބަރ ގުރޫޕާ ގުޅުމަށް: https://invite.viber.com/?g2=AQB2jO4qP9vuPk1Pm5O2xkrhRJyV0L94ruFhgO2sZEmMlC2AUkMbxurDFv17ZDa3
ހިޔާ ޔޫނިއަން އިން އަންނަނީ ”ހިޔާ ފްލެޓް“ ލިބުނު މީހުންގެ ކަންބޮޑުވުން ކަމާއިގުޅުން ހުރި އިދާރާތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.
އެގޮތުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް، އެޗްޑީސީ އަދި ރައީސް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށް ފްލެޓް ލިބުނު ފަރާތްތަކުގެ އިހުސާސްތައް އަންނަނީ ހިއްސާކުރަމުން ނެވެ.
ކުޑަކުރަނީކީކުރަން 22200ރުފިޔާޔައްކުށްޔައްދޭން….
އެއީގެދޮރުނެތީމާވާގޮތް ބޮޑުއަގުގާކުއްޔައްދދޯ ..ސާބަސް
އެމީހުންއެކަނިތޯތިބީމިރާޖޭގައި ލޯނުނަގާފައޮތީމުޅިރައްޔިތުންގެނަމުގާ…..
ކުޑަކުރަނީކީކުރަން 22200ރުފިޔާޔައްކުށްޔައްދޭން….
އެއީގެދޮރުނެތީމާވާގޮތް ބޮޑުއަގުގާކުއްޔައްދދޯ ..ސާބަސް
Muizu kaaree bunegen city council in flat ge kuli ehkoh dhehkey gothah hadhanveenu eynayah varah faseyha kameh e ee Loabivaa rahyithun nah takaa Muizu ekan kohdheynekan yageen bunelun lasvaanee
Hiyaa fulet libey meehunah ekanitha sarukaarun luikoh dheyn jehenee rarrashugai haalugaithibi meehun nah otheekonkameh gedhoruneh meehunge yoonianun govaihalheylavanjehenee hamaekanimaaley meehunah kamah vaanama e ey vakifaraathakah jehey uoonianeh
މިރާއްޖޭގަތިބީހަމައެކަނިހިޔާފުލެޓްލިބުނުމީހުތަދެންތިބީބަންގާޅީންދޯސަރުކާރުންލޯނުނަގާފާގެއަޅާފަމިމީހުނައްދޭޖެހެނީހިލޭ