ޚަބަރު ފީތާ

ރައްކާތެރި ގޮތުގައި ނުރައްކާތެރި ކެމިކަލްސް ނައްތާލުމަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް: މިނިސްޓަރ ޝައުނާ

ރައްކާތެރި ގޮތުގައި ނުރައްކާތެރި ކެމިކަލްސް ނައްތާލުމަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގްރޭޓާރ މާލޭ ސަރަހައްދުގައި ކެމިކަލްސް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް ސޮއި ކުރެއްވުމަށް ފަހު އެވެ.

މިނިސްޓަރ ވިދާޅުވީ މިކަމަކީ އާންމު ސިއްހަތާއި އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުކުރުވާ ކަމެއް ކަމަށެވެ. އަދި ރާއްޖެއަށް ބަލައިލާއިރު، ރާއްޖޭގެ އިގްތިސާދީ ބޮޑެތި ޞިނާޢަތްތައް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައި މި އޮތީ ތިމާވެށްޓާ ކަމަށެވެ.

“ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި ސާފުކަމާއި، ފަރުތަކުގެ ރީތިކަމާއި ސާފުކަމާއި، ދިރުން މިއީ ފަތުރުވެރިކަމުގެ ބިންގާ. އެހެން ކަމުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖުކުރުމަކީ މިއަދު އަޅުގަނޑުމެން ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއް.” މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން ރައްކާތެރި ގޮތުގައި ކެމިކަލްސް ބޭނުންކުރުމަށް ބާރުއެޅުމާއި ކެމިކަލް އަދި ނުރައްކާތެރި ކުނި ތިމާވެއްޓާއި ރައްޓެހި އުސޫލުން މެނޭޖުކުރުން ހަރުދަނާ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރައްކާތެރި ގޮތުގައި ކެމިކަލްސް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީސް އެކުލަވާލުމަށް ސަރުކާރުގެ ސްޓްރެޖެކް އެކްޝަންޕްލޭންގައި ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މެނޭޖު ނުކުރެވޭނެ ފަދަ ކުނީގެ ބާވަތްތައް (މަރކުއިރީ އެކުލެވޭ ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ސިއްޚީ ދާއިރާގައި ބޭނުންކުރާ ތަރމޯމިޓާރ، ބީޕީ އެޕަރަޓަސް ފަދަ ތަކެތި) ފެސިލިޓީގައި ސްޓޯރ ކޮށް، ބޭރުގެ ފެސިލިޓީތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތާލުމަށްވެސް މިނިސްޓްރީން ރާވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕެސްޓިސައިޑް ބޭނުންކޮށްފައި ހުންނަ ކަންވާރު، ދަވާދު ހުސްވާ ފީފާ ނުވަތަ ކޮންޓެއިނަރ، ލެބޯރެޓަރީތަކުގައި ބޭނުންކުރާ މުއްދަތު ހަމަވެފައިވާ) ކެމިކަލްގެ ބާވަތްތައް ރަނގަޅު ގޮތުގައި މެނޭޖު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މާހައުލީ ނިޒާމަށް މި ފަދަ ނުރައްކާތެރި ކުނި އަދި ކެމިކަލްތަކުގެ ބާވަތްތައް ބޭރުވުމުގެ ސަބަބުން ފަސްގަނޑަށާއި ކަނޑުގެ ދިރުންތަކަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވި މި ރާއްޖޭގެ ގުދުރަތީ، ރީތި ކަން ދަމަހައްޓައި ރާއްޖޭގެ އިޤުތިޞާދީ ތަނބު ކަމަށްވާ، ފަތުުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަން ބިނާވެފައިވާ ކަނޑުގެ މާހައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތްކުރެވޭނެ ކަމަށެވެ.

ކެމިކަލް މެނޭޖުކުރުމަށް ދިމާވެފައިވާ ހުރަސްތަކަށް ހައްލެއް ހޯދައިދިނުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، މިނިސްޓްރީން އަމަލީ މަސައްކަތް ފަށާފައިވާ “އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް” މަޝްރޫއުގެ ދަށުން، ގްރޭޓާރ މާލޭ ސަރަހައްދުގައި ކެމިކަލްސް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް ސޮއި ކޮށްފައިވަނީ މިއަދު އެވެ.

މި ސޮއި ކުރެވުނު ކޮންސަލްޓެންސީގެ އެއްބަސްވުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި، ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިންތައް ތައްޔާރު ކުރުން ހިމެނެ އެވެ.

މި ފީސިބިލިޓީގެ ނަތީޖާއަށް ބަލައި ފެސިލިޓީ ގާއިމުކުރުމުން ނުރައްކާތެރި ކުނީގެ ބާވަތްތައް އާންމު ކުންޏާއި ވަކިކޮށް ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖުކުރެވޭނެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: