އަފްގާން ސަރުކާރާއި ތޯލިބާނުންނަށް އެއްގަލަކަށް އެރޭތޯ އީރާންގައި މަޝްވަރާ ކޮށްފި

އަފަގްާނިސްތާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ތަކަކާއި އެ ގައުމުގައި ހަރަކާތްތެރިވަމުންދާ ހަރުކަށިފިކުރުގެ ތޯލިބާން ޖަމާއަތުން އީރާނުގެ ވެރިރަށް ތެހެރާންގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުން އޮތީ އިއްޔެ އެވެ. ބައްދަލުވުމަށް ފަހު ދެ ފަރާތުން ގުޅިގެން ވަނީ ބަޔާނެއް ނެރެފައި އެވެ.

އިޝްތިހާރު Below Header ad

މި އެ ބަޔާނުގައި ބުނެފައިވަނީ އަފްގާންގެ ހަމަޖެހެހުމާއި މައްސަލަތަކުގެ ހައްލަކީ ހަނގުރާމަ ނޫން ކަމަށް ދެ ގައުމުންވެސް ގަބޫލު ކުރާ ކަމަށެވެ.

އަދި މައްސަލަތައް ހައްލު ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި އަފްގާން ސަރުކާރުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ކުރީގެ ނައިބު ރައީސް ޔޫނުސް ގާނޫނީ އެވެ.

ތޯލިބާނުންގެ ފަރާތުން ބައިވެރިވެފައިވަނީ މަޝްވަރާ ކޮމިޓީގެ ނައިބު ޝެރް މުހައްމަދު އައްބާސް ސްޓަނިކްޒައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.