25،000 އަށް ވުރެ ގިނަ ބަނގުރާ ފުޅި އާ ގިނަ ތަކެތި ކަސްޓަމްސް އިން ނައްތާލައިފި

25،000 އަށް ވުރެ ގިނަ ބަނގުރާ ފުޅި އާ ގިނަ ތަކެތި މޯލްޑިްވސް ކަސްޓަމްސް ސަރވިސް އިން ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، ދުންފަތާއި ސިގިރޭޓް އަދި ބޭސް ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން 25469 ބަނގުރާ ފުޅިއާއި، 19430 ބަނގުރާ ދަޅާއި، 39200 ސިގިރޭޓު/ބިޑި ސްޓިކްގެ 300 ގްރާމުގެ ދުންފަތް ނައްތާލާފައިވާ ކަމަށް ބުންޏެވެ. އަދި 574 ސޮފްޓް ޓްރިންކް ފުޅި އާއި 25 ކިލޯގްރާމުގެ ބޭސް ވެސް ވަނީ ނައްތާލާފަ އެވެ.

މި ތަކެތި ނައްތާލާފައިވަނީ އަންގާރަދުވަހާއި މިއަދު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އަދި ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.