ޚަބަރު ފީތާ

ރައީސް ނަޝީދުގެ ގެކޮޅު ސަރަހައްދުގައި 24 ގަޑިއިރު ފޯރި މަރަން ޖެހޭނެ: އިންކުއަރީ ރިޕޯޓު

ފޮޓޯ: މަޖިލިސް އިދާރާ

ރައީސް ނަޝީދުގެ ގެކޮޅު ސަރަހައްދުގައި 24 ގަޑިއިރު ފޯރި މަރަން ޖެހޭނެ ކަމަށް އިންކުއަރީ ރިޕޯޓުގައިބުނެފި އެވެ.

މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް ފާސްކުރީ ރޭގެ ވަގުތެއްގަ އެވެ.

އެ ކޮމިޓީ ރިޕޯޓުގައި 45 ރިކޮމެންޑޭޝަނެއް ހިމެނޭ އިރު، އޭގެ ތެރޭގައި ރައީސް ނަޝީދު ގެކޮޅުގައި ދިރިއުޅުއްވާ ވަގުތުގައާއި ނޫޅުއްވާ ވަގުތުގައިވެސް ގެއަށް ވަދެވޭ ފަރާތްތައް ކޮންޓްރޯލް ކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި ހަތިޔާރާއެކު ސިފައިން، އެމަނިކުފާނު ގެކޮޅު ސަރަހައްދުގައި 24 ގަޑިއިރު ފޯރި މަރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް މިގޮތަށް އަމަލު ކުރާނީ ނަޝީދަށް ތްރެޓެއް އޮތް ނަމަ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމިޓީން ފާސްކުރި އެ ހުށަހެޅުންތަކުގެ ތެރޭގައި ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއްފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމާއި، ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު، ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ކަނޑައެޅިފައިވާ އޮންނަ ޝެޑިއުލެއްގެ ދަށުން ރިފްރެޝާ ތަމްރީން ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ހަތިޔާރާއެކު ފޯރި މެރުމާއި، ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓަރ ކުރުމާއި، ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖަރ ކަނޑައަޅައި އެ ޕްރޮސީޖަރތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމު ތަމްރީން ކުރުންވެސް ވަނީ ހިމަނާފަ އެވެ.އަދި ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމްޑް ކާރުކޮޅެއް ކަން ކަށަވަރު ކުރުމާއެކު ކާރުކޮޅު ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ރަނގަޅަށް ބެލުމަށް ވެސް ވަނީ ހިމަނާފަ އެވެ.

ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައި ހުރި ފަރާތްތައް ހިމެނުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސަރވިސް އާއި ޕޮލިސް ސަރވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން ވެސް ވަނީ ހިމަނާފަ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ރައީސް ނަޝީދުގެ ގެކޮޅު ސަރަހައްދުގައި 24 ގަޑިއިރު ފޯރި މަރަން ޖެހޭނެ: އިންކުއަރީ ރިޕޯޓު"

  1. ކީއްވެތޯ އެހާ ބޮޑު ބިރުވެރިކަމެއްގަ އުޅެންޖެހެނީ އެބޭފުޅުން.
    މުސްލިމުންގެ ޚަލީފާ ޢުމަރުގެފާނު, އެއްވެސް ސެކިއުރިޓީއެއްނެތި, ޢާންމު ތަންތާގައިވެސް ނިދިކުރައްވާ.

    24 ގަޑިއިރު ވަށައިގެން ހަށިފާރަވެރީން ބައިތިއްބައިގެން ހަމަޔަށް ނިދިކުރެއްވޭތޯ!

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.