
ހިޔާ ޔޫނިއަންގެ ފަރާތުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ އާ ބައްދަލުކޮށްފި
ހިޔާ ޔޫނިއަންގެ ފަރާތުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އާ ބައްދަލުކޮށްފި އެވެ.
އޮންލައިންކޮަށް މިއަދު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އާއި ނަދީމާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ހިޔާ ޔޫނިއަންގެ ފަރާތުން 5 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ބޭއްވި މި ބައްދަލުކުރެއްވުމުގައި މަހު ކުލި 600 ރުފިޔާއަށް ހަމަޖެއްސުމަށާއި އިންޓީރިއަރ ފިނިޝިންގއަށް ދޭ ގްރޭސް ޕީރިއެޑް 12 މަހަށް ހެދުމަށްވަނީ މަޝްވަރާކޮށްފަ އެވެ. އަދި ފްލެޓްގެ އިންޓީރިއަރއަށް ޚަރަދުވާ އަގު ޖުމްލަ އަގުން މަޢާފް ކޮށްދިނުމަށް އެގޮތުން ޖުމްލަ އަގުން 100،000ރ މަޢާފް ކޮށްދެއްވުމަށް ހުށަހެޅި ވަނީ މަޝްވަރާ ކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ރައީސްގެ ޝެޑިއުލް ބިޒީ ވުމުގެ ސަބަބުން ހިޔާ ޔޫނިއަން އާ ބައްދަލުވުމަށް ރަޢީސްއަށް ދަތިފުޅުވެލައްވާ ކަމަށާއި ނަމަވެސް އެ ޔޫނިއަންގެ ހުށަހެޅުންތަކަކީ އަސަރުން ފުރިގެންވާ އެތަކެއް ރައްޔިތެއްގެ ވޭނީ އުދާސްކަން މިއަދު ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތަށް ވީހާވެސް އަވަހަށް ރައީސްއަށް ހިއްސާކުރައްވާނެ ކަމަށާއި އެކަން ހިއްސާކުރެއްވުމަށްފަހު އަންގާނެ ކަމަށް ވެސް ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވާނީ މި އާބާދުވާ ޝަހަރަކީ ކަންބޮޑުވުންތަކާއި ހާސްކަންކުޑަ ޝަހަރަކަށް ހެއްދެވުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ހިޔާ ޔޫނިއަންގެ އިސްނެގުމަށް އެމަނިކުފާނު މަރުޙަބާ ދަންނަވާ ކަމަށާއި ޔޫނިއަންއާއިއެކު މަސައްކަތް ކުރެއްވުމަށް ސޯޝަލް ކައުންސިލް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުއްވާފަ އެވެ. އަދި މިފަދަ ބޮޑު އާބާދީއަކަށް އަމާޒުކޮށް ޔޫނިއަންއިން ކުރުމަށް ރާވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރެއްވި އެވެ.
އެގޮތުގައި މަަސައްކަތްތަށްކޮށް ކުރިއަށް ދިއުމަށް ވެސް ޑރ. މުސްތަފާ ލުތުފީ ވަނީ އެދިވަޑައިގެންފަ އެވެ.
ސޯޝަލް ޕޮލިސީގެ ކަންކަން ވިލަރެސްކޮށް ހިންގަވާ އެންމެ އިސްފަރާތަކީ ނާއިބު ރަޢީސް ފައިސަލް ނަސީމްކަމަށް ވުމުން ނާއިބު ރައީސް އާއި ޑރ. މުސްތަފާ ލުތުފީ ހިމެނޭ ގޮތަށް ވަރަށް އަވަހަށް ބައްދަލުވުމެއް ޔޫނިއަން އާއެކު އިންތިޒާމުކުރައްވާނެ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ.
Emmenge maslahathah vaahaka dhahkabala. Mihaaru kanda alhaafa oi agu nudhehkey meehunves madheh noon. Thibuni goi nahadhaaney ves noon. Ehen ulhey bayakuves ulhefaane. Thihen anga fulhaakohfa kiyaameehunves ginain libengnaa ehen hadhaanee. Hama gaimuves aharennakah nulibey luxy thanthaa ulhey haa laarieh.
Shaleemu a vedhaalhuvee thadhufulheh bodu agugakuhyah dheyfa aulhinvaanee beyruga
Shaleemu a vedhaalhivee thadhufulheh bodu agugakuhyah dheyfa aulhinvaanee beyruga
ބަލަ ޔޫނިއަން ނުހެދިއަސް އެންމެން ވެސް މިއުޅެނީ ކުއްޔަށް ވަރަށް ދަތިކޮށޭ. ތިޔަތާގައި 60000 ހާސް މުސާރަލިބޭ އެތަށްބަޔަކު އެބައުޅެޔޭ.
Ahannakah nulibey. Theege 8 bai kulha
ehbai libenee. Vaahakaeh dhahkaairu emmenge maslahathah visnaafa vaahaka dhahkabala.
ވަރަށް ބޮޑުގޭމެށްތީ އަގުކުޑަކުރީމާ ރާޖެތެރެމީހާއަށް ބޮޑުއަގުގާ ކުއްޔައްދޭނީ ވެރިމީހާއުޅުށްވާނީމެލޭގާ ނޫނީއިންޑިޔާގާ ކިހާސަޅި ޖަހާބެރަކަށްނުނަސަބަލަ …
ކޮބާއަހަރެމެންގެހަޢްގު ……….
Koba aharenge hahgu
Aharn miulhenee 3 dharinna eku emme kotariehga. Ahannah flat libuneema varah ufalun huree. Ekamaku agu kanda alhaafa eothee nikamethinnah boahiyaavahikan dheykah noon. Viyafaareege usoolun. Than aharennah nuves hedheyne. Aharen ulhen jeheynee tharafaali alhaigen fankaaeh nethi boikkeh nethi