ދިލިޕް ކުމާރު ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގައި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ދިލިޕް ކުމާރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ސްޓޭޓް ފެންވަރުގަ ޝަރަފުވެރިކަމާއި އެކު ބާއްވައިފި އެވެ.

އޭނާގެ މައްޗަށް ކަށު ނަމާދުކޮށް ވަޅުލާފައިވަނީ މުމްބާއީގެ ސެންޓަކްރޫޒް ގަބުރުސްތާނުގައި މިއަދު ހަވީރު އެވެ. ގަބުރުސްތާނަށް އޭނާގެ ހަށިގަނޑު ގެންދިޔައީ އިންޑިއާގެ ދިދަ ސަންދޯކުގައި އަޅައިގެންނެވެ.

އިޝްތިހާރު Below Header ad

އަދި ވަޅުލުމުގެ ކުރިން މުމްބާއީ ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި ވަދާއީ ސަލާމް ކިޔާފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދިޔައީ މަހާރާޝްޓްރާ ސްޓޭޓްގެ ޝަރަފުވެރިކަމާއި އެކު އެވެ.

ދިލިޕް ކުމާރު ވަޅުލި ގަބުރުސްތާނަށް ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން ފަދަ ގިނަ ތަރިން ދިޔަ އެވެ. އަދި ކުރީގެ މަޝްހޫރު ގިނަ މީހުން ދިޔަ އިރު މުސްލިމް ނޫން މީހުން ތިބީ ގަބުރުސްތާނަށް ނުވަދެ ދުރުގައި ބަލާށެވެ.

ދިލިޕް އަކީ އަކީ މުސްލިމް އާއިލާއަކަށް އުފަން މުސްލިމެކެވެ. ދިލިޕްގެ އަސްލު ނަމަކީ ޔޫސުފް ހާން އެވެ.

ދިލިޕް ކުމާރު އުފަންވެފައިވަނީ 1922 ވަނަ އަހަރު މިހާރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަ ޕިޝާވަރަށެވެ. އޭނާ އުފަންވީ އިރު އެއީ އިންޑިއާގެ ބައެކެވެ.

އެހެން މަޝްހޫރު މުސްލިމް ބޮލީވުޑް ތަރިންނެކޭ އެއްގޮތަށް އޭނާގެ އާންމު ނަމުގެ ގޮތުގައި ދިލިޕް ކުމާރު ކިޔައި ހަރުލެއްވީ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށުމަށް ފަހު އެވެ.

މަރުވި އިރު ދުނިޔޭގައި އޭނާގެ އަންހެނުން ސައިރާ ބަނޫ އެބަހުއްޓެވެ. އެ ދެމީހުންގެ އަދި ދިލިޕްގެ އެއްވެސް ދަރިއަކު ނުހުރެ އެވެ.

ދިލިޕް ކުމާރަކީ ބޮލީވުޑްގައި މަސައްކަތް ކުރި ފަންނާނުންގެ ތެރެއިން ފަނޑުވުމެއް ނެތި 50 އަހަރު އިންޑަސްޓްރީގައި މަސައްކަތް ކޮށްފައިވާ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ އެ މުއްދަތުގައި 65 ފިލްމު ކުޅެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.