ބަގްރަމް ދޫކޮށް ދާވާހަކަ ނުބުނީ ސަލާމަތީ ސަބަބުތަކަށް ޓަކައި: ޕެންޓަގަން

ބަގްރަމް އަސްކަރީ ބޭސް ދޫކޮށް އެމެރިކާގެ ފައުޖުތައް ފައިބައިގެން ދިޔައީ ފައުޖުތައް އެތަން ދޫކޮށް ދާނެ ވަކި ވަގުތެއް އަފްޣާނިސްތާންގެ އޮފިޝަލުންނަށް ކުރިން އެންގުމަކާއިނުލައި ކަމަށް އެމެރިކާ އަސްކަރިއްޔާއިން އެއްބަސް ވެއްޖެއެވެ.

އެމެރިކާގެ ސިފައިން ހުކުރުދުވަހު ހެނދުނު ބަގްރަމް ބޭސް ދޫކޮށް ދާން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އަފްޣާންގެ އެއްވެސް އޮފިޝަލަކަށް ނުދީ ކުއްލިއަކަށް ފައިބައިގެން ދިއުމުން އެކަމުގެ ޝަކުވާ އަފްޣާން އޮފިޝަލުން ދަނީ ކުރަމުންނެވެ. މިކަމާގުޅޭގޮތުން ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ބުނެފައިވަނީ، ބަގްރަމް ބޭސް ހުސްކުރުމުގެ ދެދުވަސް ކުރިން އަފްޣާން ސަރުކާރުގެ އިސް އޮފިޝަލުންނާއި އަސްކަރީ އިސް ބައެއް އޮފިޝަލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ފާއިތުވި 20 އަހަރު އެމެރިކާއާއި ގުޅިފައިވާ ބާރުތައް އެމީހުންގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ބަގްރަމް ބޭސްގެ ހުރިހާ ތަނެއް އެއޮފިޝަލުންނަށް ދައްކާފައިވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް އެމެރިކާ ސިފައިން އެތަނުން ފައިބައިގެން ދާނެ ސީދާ ވަގުތެއް ހިއްސާ ނުކުރީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ތާލިބާންގެ ސަބަބުން އަސްކަރިއްޔާއަށް އޮތް ނުރައްކަލަށް އަލިއަޅުވާލަމުން ކާބީ ބުނެފައި ވަނީ، ބައެއް މަޢުލޫމާތު ސަލާމަތީ ސަބަބުތަކަށް ޓަކައި ސިއްރުކުރީ ވީހާވެސް ރައްކާތެރި ގޮތަކަށް އަފްޣާންއިން ފޭބުމުގެ ކަންތައް ހަމަޖެއްސުމަށް ޓަކައި ކަމަށެވެ.

american troop

އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން އިންތިޚާބު ވުމަށްފަހު ސެޕްޓެމްބަރގެ ކުރިން އެކި ޤައުމުތަކުގެ އަސްކަރީ މަރުކަޒުތަކުން އެމެރިކާގެ އަސްކަރިއްޔާ ފޭބުމަށް ނެރުނު އަމުރާއެކު އެތައްހާސް އަސްކަރީ ސިފައިންނެއް ވަނީ އެނބުރި އެމެރިކާއަށް އައިސްފައެވެ. އެގޮތުން މިހާތަނަށް 6 މަރުކަޒެއް ހުސްކޮށް އެމަރުކަޒުތަކުގައި ޤާއިމްވެތިބި ސިފައިން ވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.