އައްޑޫ އަދި ފުވައްމުލައް ސިޓީ ނޭޗަރ ޕާކުގެ މުވައްޒަފުން އެ ދެ ސިޓީގެ ކައުންސިލް އިދާރާގެ ދަށަށް ބަދަލުކޮށްފި

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތުގައި އެ ދެ ސިޓީގައި ހަރަކާތްތެރިވާ އެންވަޔަރަންމަންޓު މިނިސްޓްރީގެ މުވައްޒަފުންނަކީ އެ ދެ ސިޓީގެ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.

މިގޮތަށް ބަދަލު ގެނައީ މިއަދުން ފެށިގެން ނެެވެ. މިއީ މި އަހަރު ތިމާވެށީގެ ދުވަހު (5 ޖޫން 2021) އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީ ކައުންސިލާއެކު އެންވަޔަރްމެންޓް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނެވުނު ބަދަލެކެވެ.

އިޝްތިހާރު Below Header ad

މި ބަދަލުގެ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ހިންގާ ބެލެހެއްޓުން ލާމަރުކަޒުކޮށް އެ ސަރަޙައްދެއް ނިސްބަތްވާ ކައުންސިލުގެ ދައުރު ފުޅާކޮށް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ އެއްގޮތަށް މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކުރުމެވެ.

މި މުވައްޒަފުންގެ އިތުރުން، މިނިސްޓްރީއާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން، އެ ދެ ސިޓީގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުން ލިބޭ މާލީ ފައިދާއާއި، ނޭޗަރ ޕާކް ހިންގުމަށް ޤާއިމްކޮށްފައިވާ އިމާރާތްތަކާއި އެންމެހާ މުދަލެއް ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތްވެސް އެންވަޔަރްމެންޓް މިނިސްޓްރީން ދަނީ ކުރަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.