ސޯޝަލް އެތިކްސް ކޮމިޓީއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގެ މުޖުތަމަޢުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި، މުޖުތަމަޢުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސްކޫލް ތެރޭގައި ކުދިންނަށް ޚާއްޞަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާއި ސްކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމްތަކަކީ ކޮބައިތޯ ބަލައި، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެއްކަމުގައި ވިދާޅުވި އެވެ.

އިޝްތިހާރު Below Header ad

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ އެދިލެއްވުމެއްކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަޚްލާޤާއި، ހަމަތަކާއި އުޞޫލުތައް ކުދިންގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ޙަރަކާތްތަކާ މެދުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.