ތުރުކީން ކޮވިޑްގެ ޑެލްޓާ ޕްލަސް ވޭރިއަންޓު ފެނުމުން، ވެކްސިން ޕްރޮގްރާމް މެކުހަށް ޖަހައިފި

ތުރުކީގެ ތިން ޕްރޮވިންސަކުން ކޮވިޑް-19ގެ ޑެލްޓާ ޕްލަސް ވޭރިއަންޓު ފެނިއްޖެ އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ޑެލްޓާ ޕްލަސް ވޭރިއަންޓު ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ތިން ކޭސްއަކީވެސް އިތުރު ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

ތުރުކީގައި އިއްޔެ ޑެލްޓާ ޕްލަސް ވޭރިއަންޓު ފެނިފައިވާއިރު ޑެލްޓާ ވޭރިއަންޓުގެ ގިނަ ކޭސްތަކެއްވެސް ފެނިފައިވެ އެވެ. އެގޮތުން 30 ޕްރޮވިންސަކުން 284 މީހުންގެ ގައިން ޑެލްޓާ ވޭރިއަންޓު ފެނިފައިވާ ކަމަށް ބުނެ އެވެ.

ތުރުކީން ބުނީ ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށް މިހާރު ކުރިޔަށް ގެންދާ ވެކްސިން ޕްރޮގްރާމް މެކުހަށް ޖަހާނެ ކަމަށެވެ. އަދި އެއީ އެ ދެ ވޭރިއަންޓުން އަރައިގަތުމަށް އެހީއަކަށް ވާނެ ކަމަށް ބުނެ އެވެ.

ތުރުކީގެ އަމާޒަކީ ބޮޑު އީދުގެ ކުރިން އެ ގައުމުގެ ވެކްސިން ޖަހާ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ފުރިހަމަ ކޮށްދިނުމެވެ. މިހާތަނަށް އެ ގައުމުގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 15.92 މިލިއަން މީހުންނެވެ.

ތުރުކީގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މިހާތަނަށް 5.5 މިލިއަން މީހުންނަށް ކޮވިޑު ޖެހިފައިވެ އެވެ. އަދި ބަލީގައި 50،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.