ޚަބަރު ފީތާ

ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ކ. ހުރާ ބޮޑުބެރު - ފޮޓޯ: ސޯޝަލް މީޑިއާ

ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފި އެވެ.

މިއީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ހަރަކާތެކެވެ.

އެންސީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކްގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން info@nca.gov.mv އަށް މި ޖުލައި މަހުގެ 12 ވާ ހޯމަ ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން މެއިލް ފޮނުވުމަށް އެންސީއޭ އިން އެދެއެވެ.

އެންސީއޭ އިން ބުނީ މިކަމާއިގުޅޭ އިތުރު މަޢުލޫމާތު 3313456 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ info@nca.gov.mv އަށް މެއިލް ކޮށްގެން ވެސް ހޯދޭނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: