ރާއްޖޭގައި މިއަހަރު އޮގަސްޓު މަހު ބާއްވަން މަސައްކަތް ކުރި ޓީޓީ 2 މުބާރާތެއް ފަސްކުރަނީ!

ރާއްޖޭގައި މިއަހަރު އޮގަސްޓު މަހު ބާއްވަން މަސައްކަތްކުރި ޓީޓީ 2 މުބާރާތެއް ފަސްކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ކޮމަންވެލްތް ޔޫތް ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މި ދެ މުބާރާތަކީ ވެސް މިއަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި 2 މުބާރާތެވެ.

އިޝްތިހާރު Below Header ad

އައްޔަ އާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ބުނެފައިވަނީ ސައުތު އޭޝިއަން ޖޫނިއަރ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އޭޝިއާ މުބާރާތާއި ދުނިޔޭގެ މުބާރާތްތަކަށް މި މުބާރާތުގެ ތެރެއިން ފަހިވާން އޮތް ފުރުސަތުތަކާ އެއްގޮތަށް ކުރިއަށް ދިއުން ކަމަށެވެ.

އެހެެންނަމަވެސް އޭޝިއާގެ މުބާރާތާއި ދުނިޔޭގެ ފެޑެރޭޝަންގެ މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް އަންނާތީ ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް ވެސް ބަދަލެއް ގެންނަން ނިންމީ ކަމަށް އައްޔައާ ހަވާލާދީ ބުނެފައި ވެއެވެ. އަދި ރާއްޖޭގެ ކީ ޕްލެޔަރުން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އާއި ދީމާ އަލީގެ ތެރެއިން ރަފާއަށް ކުރިއަށް އޭލެވެލް އިމްތިހާނު އޮތުމުގެ އިތުރުން ކޮވިޑުގެ ސަބަބުން ތައްޔާރީތަކަށް އެޅިފައިވާ ހުރަސްތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ މުބާރާތް ފަސްކުރުން ކަމަށެވެ.

މުބާރާތް ލަސްކުރުމަށް މަސައްކަތް ކުރަމުން އަންނަައިރު، ސައުތު އޭޝިއާގެ ހަތް ގައުމު ވެސް ޓޭބަލް ޓެނިހުގެ ކަންތައްތަކުގައި މަސައްކަތްކުރަނީ ވަރަށް ގާތްކޮށް ކަމަަށާއި އެހެންކަމުން ރާއްޖޭން ހުށަހަޅާ ގޮތަށް އެ ތާރީޚުތަކުގައި އަންނަ އަހަރު މުބާރާތްތައް ބޭއްވޭނެ ކަމުގެ ބޮޑު އުންމީދެއް އޮތްކަމަށް އައްޔަ ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.