ޔޫރޯ 2020: ރަންބޫޓުގެ ރޭސް، މިރޭސް ކާމިޔާބުކުރާނީ ކޮން ކުޅުންތެރިއެއް ؟

މިހާރު ކުރިޔަށްދާ ޔޫރަޕު ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔޫރޯ 2020 ގެ ސިމީއާއި ހަމައަށް އައިސްފައިވާއިރު، މިހާރު އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލަކަށް ވާނީ މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން މުބާރާތުގެ ރަންބޫޓް ހާސިލް ކުރާނީ ކޮން ކުޅުންތެރިއެއްތޯ އުފެދޭ ސުވާލެވެ.

މި މުބާރާތުގެ މިހާތަނަށް ގޯލު ތައް ޖަހާފައިވާ ކުޅުންތެރިންނަށް ބަލާއިރު އެ ކުޅުންތެރިންގެ ވާދަވެރިކަން ވެސް ފެންނަަނީ އެހާމެ ބޮޑުކޮށެވެ. އެގޮތުން މި ލިސްޓުގެ ކުރި ހޯދާނީ ކޮން ކުޅުންތެރިއެއް ތޯ އެނގެން ހަމަގައިމުވެސް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

އިޝްތިހާރު Below Header ad

މި މުބާރާތުގައި ޖަހާފައިވާ ގޯލް ތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ގިނަ ލަނޑު ޖަހައިގެއިން ލިސްޓުގެ އެންމެ ކުރީގައި މިވަގު އޮތީ އިޓަލީގެ ޔުވެސްޓަސްއަށް ކުޅެމުން އަންނަ ފޯވާޑް ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅުނު ހަތަރު މެޗުގައި ފަސް ގޯލް ޖަހާ އެއް އެސިސްޓް ހަދާފައެވެ. ޕޯޗުގަލް މުބާރާތުން ކެޓިނަމަވެސް އަދި މި ލިސްޓުގެ އެއްވަނަ ލިބެނީ ރޮނާލްޑޯއެވެ. ރޮނާލްޑޯއާއި އެއްވަރަށް ގޯލު ޖަހައިގެން ލިސްޓުގެ ދެވަނާގައި އޮތީ ޗެކްރިޕަބްލިކުގެ ފޯވާޑް ޕެޓްރިކް ޝީކްއެވެ. ޗެކް ރިޕަބްލިކް މުބާރާތުގެ ކުއާޓާއިން ކަޓާފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ ގޮތުގައި ލިސްޓުގެ ދެވަނާގައި އޮތީ ޝީކްއެވެ. މި ދެ ކުޅުންތެރިން އެއްވަރަށް ގޯލު ޖަހާފައިވީ ނަމަވެސް ރޮނާލްޑޯއަށް ލިސްޓުގެ އެއްވަނަ ލިބެނީ ގޯލު ޖެހުމަށް ރޮނާލްޑޯ އެސިސްޓެއް ކޮށްފައިވާތީއެވެ.

ޔުއެފާއިން ފަހުން އިސްލާހުކޮށް ނެރުނު އައު ގަވާއިދު ބުނާ ގޮތުން ލަނޑު ލިސްޓުގައި ދެ ކުޅުންތެރިން އެއް އަދަދަކަށް ލަނޑު ޖަހާފައިވާނަމަ، ދެން ބަލާނީ ކުޅުންތެރިން ގޯލު ޖެހުމަށް ހަދާފައިވާ އެސިސްޓަށެވެ. މިގަވައިދުގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ އަދި އޮތީ ލިސްޓުގެ އެންމެ ކުރީގައެވެ.

މި ލިސްޓުގެ ތިންވަނަ ލިބެނީ ފްރާންސާއި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރިމް ބެންޒެމާއާ، ސްވިޑެންގެ މިޑްފީލްޑަރު އެމީލް ފޯސްބާގް އަދި ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫއަށެވެ. މީގެން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް މިހާރު މީގެން އެއްވެސް ކުޅުންތެރިއަކަށް މުބާރާތުގައި އިތުރަށް ކުރިޔަށްދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެނީ މި ކުޅުންތެރިން ތަމްސީލުކުރަމުން އައި ޓީމުތައް މުބާރާތުން ވަކިވުމުންނެވެ.

މިހާރު ލަނޑު ލިސްޓުގެ އެއްވަނަ ހޯދާ ރޮނާލްޑޯގެ މައްޗަށް ކުރިހޯދުމަށް އެންމެ ފުރުސަތު ބޮޑީ ޑެންމާކުގެ ފޯވާޑް ކެސްޕާ ޑޯލްބާގާއި، އިންގްލެންޑްގެ ފޯވާޑް ރަހީމް ސްޓާލިން އަދި ކެޕްޓަން ހެރީ ކޭންއަށެވެ. މީގެން ކޮންމެ ކުޅުންތެރިއަކުވެސް ތިން ލަނޑު މިހާތަނަށް ޖަހާފައިވާއިރު، އެ ކުޅުންތެރިންނަށް އިތުރު ގޯލުތަކެއް ކާމިޔާބު ކޮށް ރޮނާލްޑޯއާއި ޝީކްގެ މައްޗަށް ކުރި ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ލިސްޓުގެ އެއްވަނައަށް އެރުމަށް މިއިން ކޮންމެ ކުޅުންތެރިއަކަށް ވެސް ދެން ބޭނުންވަނީ ދެ ލަނޑެވެ. ދެ ލަނޑާއި އެސިސްޓެއް ހަދައިގެން މި ލިސްޓުގެ ކުރި ހޯދުމުގެ ފުރުސަތު މީގެން ކޮންމެ ކުޅޫންތެރިއަކަށް ވެސް އެބައޮތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.