
އެމްއެންޑީއެފް އިން ޚާއްސަ ތަމްރީނުތަކެއް މި މަހު ކުރިއަށް ގެންދަނީ!
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެމްއެންޑީއެފް އިން ޚާއްސަ ތަމްރީނުތަކެއް މި މަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މިއީ އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ 67 އަސާސީ ތަމްރީނު ކޯހުގެ ނައިޓް ޓްރޭނިންގ ތަމްރީނުތަކެއް ކަމަށް އެ އިދާރާ އިން ބުންޏެވެ. އަދި މި ތަމްރީނުތައް އޮންނާނީ ޖުލައި 15 އިން 17 އަށް ކޮންމެ ދުވަހަކު ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ދިވެހިސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިޢުލާނެއްގައި ބުނީ ޅ. މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:
- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ
- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 200 މީޓަރ
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރ
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމި+ން: ސީ.ލެވެލް
- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ޅ.މާފިލާފުއްޓާއި ދިމާމަތި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އެދިފަ އެވެ.