ޚަބަރު ފީތާ

ޔުނެސްކޯގެ ތިމާވެށްޓާއި މޫސުމާއި ދިރޭތަކެތީގެ ނަސްލުތަކުގެ ތަންތަނާބެހޭ ހަރަކާތުގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔުނެސްކޯގެ ތިމާވެށްޓާއި މޫސުމާއި ދިރޭތަކެތީގެ ނަސްލުތަކުގެ ތަންތަނާބެހޭ ހަރަކާތުގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އދ ގެ ” ހައި ލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް” (ދެމެހެއްޓެވި ތަރައްގީއާބެހޭ އ.ދ.ގެ މަތީފެންވަރުގެ ބައްދަލުވުމުގެ) ހަވާސާގައި ކުރިޔަށްދިޔަ ” ކޯޕިންގ ވިތް އެންވަޔަރަމަންޓަލް ޗެލެންޖަރސް: ކްލައިމެޓް އެންޑް ބަޔޯޑައިވަރސިޓީ އެކްޝަން އިން ޔުނެސްކޯ ޑެސިގްނޭޓެޑް ސައިޓްސް” (ޔުނެސްކޯއިން  ފާހަގަކޮށްފައިވާ، ތިމާވެށްޓާއި މޫސުމާއި ދިރޭތަކެތީގެ ނަސްލުތަކުގެ  ތަންތަނާބެހޭ ހަރަކާތުގެ  ބައްދަލުވުމުގައި) ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޑރ އަބްދު ﷲ ނަސީރު އެވެ.

މިއީ ޔުނެސްކޯ އިން އިން އިންތިޒާމް ކޮށްގެން ސައިންސްވެރިންނާއި، ކަމާބެހޭ ސިޔާސީ އިސްވެރިން ހިމެނޭގޮތަށް ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މި ކަމުގެ ސަބަބުން ފަރުތަކުގެ ދިރުންތަކަށް އަންނަ ބަދަލުތަކާއި، ވެށީގެ  ގޮތުން  އެންމެ މުހިންމު  ތަންތަން ހިމާޔަތްކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސިޑްސްގެ ގައުމުތަކާއި، ޖީ. 20 ގެ ގައުމުތަކާއި، އައި.ފީ.ސީ.ސީ އަދި އައި.ޕީ.ބީ.އީ.އެސްއަށް ނިސްބަތްވާ ސައިންސްވެރިން  ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކަށް  ބަލައި، ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ހިމާޔަތްކުރުމުގެ ސިޔާސަތާއި ކަމާބެހޭ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މުހިއްމު ކަމާއި، މި ފަދަ ކަންކަމުގައި ރިޢާޔަތްކުރަން ޖެހޭ އިޖުތިމާއީ އަދި  އިގުތިސާދީ ކަންކަން ހިމެނެ އެވެ. އަދި ސައިންސަށް ރިޢާޔަތްކޮށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމާއި، މި ކަމުގައި މުޖުތަމައުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމާއި، ޝާމިލްވުން  އިތުރުކުރުމުގެ  މުހިންމު ކަމުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ.

ބައްދަލުވުމުގައި ޑރ. ނަސީރު، ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވުތައް ޤާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ދިވެހިރާއްޖެއިން 2030 ގެ ކުރިން “ނެޓް ޒީރޯ ” ގައުމަކަށްވުމަށް ކުރަމުންދާ މަސައްކަތްތައް، ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރެއްވި އެވެ.

Like
Like Love Haha Wow Sad Angry