ޔޫރޯ 2020 ސެމީ ފައިނަލް: އިޓަލީ – ސްޕެއިން

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ނިމި ސެމީ ފައިނަލުގެ މެޗުތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. އެގޮތުން ސެމީ ފައިނަލުގެ މެޗުތައް މިރޭ ފެށޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި ސްޕެއިނެވެ.

ސެމީ ފައިނަލުގައި މިރޭ އިޓަލީ އާއި ސްޕެއިން ބައްދަލުކުރާއިރު، މި މެޗަކީ ގިނަ ބަޔަކު މިހާރުވެސް ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ މެޗެއްކަމުގައިވަނީ ވެފައެވެ.

އިޝްތިހާރު Below Header ad

ޔޫރޯގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިނާއި އިޓަލީ ބައްދަލުކުރާއިރު، ސްޕެއިން ވަނީ މިހާތަނަށް ތިން ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައެވެ. ސްޕެއިނުން މި މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައިވަނީ 1964، 2008 އަދި 2012 ވަނަ އަހަރުގެ މުބާރާތެވެ. ސްޕެއިން ވަނީ އެންމެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ކަޓާފައެވެ.

މިފަހަރުގެ މުބާރާތުގެ ސެމީއަށް ސްޕެއިނުން ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ސްވިޓްޒަލެންޑް ބަލިކުރުމަށްފަހުއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސްޕެއިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

އިޓަލީއަށް ބަލާއިރު މި މުބާރާތް އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތެވެ. އޭގެ ފަހުން މި މުބާރާތުގެ ފައިނަލުގައި ދެފަހަރު ކުޅެފައިވީ ނަމަވެސް އެޓީމަށް ތައްޓާއި ހަމައަށް ނުދެވެއެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތުން އެޓީމު ކަޓާފައިވަނީ ކުއާޓާ ފައިނަލުންނެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އިޓަލީ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ވަރުގަދަ ބެލްޖިއަމް ބަލިކޮށްގެންނެވެ. އެ މެޗުން އިޓަލީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޓަލީއާއި ސްޕެއިނުގެ ތާރީޚީ ކުރިމަތިލުންތައް

މި ދެޓީމު މީގެ ކުރިން 33 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ސްޕެއިން 12 ފަހަރު މޮޅުވެފައިވާއިރު، އިޓަލީއަށް މޮޅުވެވިފައިވަނީ 9 ފަހަރުގައެވެ. 12 މެޗުން ވަނީ އެއްވަރުވެފައެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު ފީފާ ވޯލޑް ކަޕް ކޮލިފައިންގައެވެ. އެ މެޗު 0-3 އިން ކާމިޔާބު ކޮށްފައިވަނީ ސްޕެއިނުންނެވެ.

މިރޭގެ މެޗަށް ދެޓީމުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާއިރު، މިރޭ އިޓަލީއަށް އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އެޓީމު އިތުބާރު ޑިފެންޑަރ ލިއެނާޑީ ސްޕިނެޒޯލާއަށް އަނިޔާވެފައި ވުމެވެ. އޭނާއަށް އަނިޔާވީ ކުއާޓާ ފައިނަލުގައި ބެލްޖިއަމާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި އަނިޔާއާއި އެކު އޭނާއަށް މިހާރުވަނީ މި މުބާރާތް ނިމިފައެވެ.

ސްޕެއިނަށް ބަލާއިރު އެޓީމުގައި އަނިޔާގެ މައްސަލައެއްވެސް އަދި ސަސްޕެންޝަނުގެ މައްސަލައެއް ވެސް ނެތެވެ.

މިރޭ ސްޕެއިނާއި ދެކޮޅަށް އިޓަލީން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޑޮންރުންމާ، ޑި ލޮރެންޒޯ، ބޮނޫޗީ، ކިއެލީނީ، އެމަސަން، ބަރޭލާ، ޖޯގީނިއޯ، ވެރާޓީ، ކިއޭސާ، އިމޯބިލޭ، އިންސީނިއާ.

މިރޭ އިޓަލީއާއި ދެކޮޅަށް ސްޕެއިނުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ސިމޯން، އަޒްބްލިކުއެޓާ، ލަޕޯޓޭ، ޓޯރޭސް، އަލަބާ، ކޮކޭ، ބުސްކެޓްސް، ޕެޑްރީ، ޓޯރޭސް، މޮރާޓާ، އޯލްމޯ.

އިޓަލީއާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.