ނައިޖީރިއާގައި އަނެއްކާވެސް 140 އަށްވުރެ ގިނަ ސްކޫލް ދަރިވަރުން ވަގަށް ނަގައިފި

ނައިޖީރިއާގައި އަނެއްކާވެސް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ވަގަށް ނަގައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަދު ވަގަށް ނަގާފައިވަނީ އެގައުމުގެ ކަޑޫނާ ސިޓީ އާއި ދުރުނޫން ހިސާބެއްގައި އޮންނަ ޒާރިއާގެ ދެކުނުގައި ހުންނަ ސްކޫލަކުންނެވެ. އެ ސްކޫލުން ކުދިންތައް ވަގަން ނަގާފައިވަނީ ބަޑިހިފައިން އަސްކަރީ ޔުނިފޯމް ލައިގެން ތިބި ބަޔަކު ސައިކަލުތަކެއްގައި ގޮސް އެތަނަށް ވަދެގަނެގެން ކަމަށް ބުނެ އެވެ.

އިޝްތިހާރު Below Header ad

މިއަދު ވަގަށް ނެގި ކުދިންގެ ތެރެއިން 26 ކުއްޖަކާއި އަންހެން ޓީޗަރަކު ވަނީ ސަލާމަތް ކޮށްފަ އެވެ. އެ ސްކޫލްގައި އެވަގުތު 180 ކުދިން ތިބިކަމަށާއި އޭގެ ތެރެއިން 20 ކުއްޖަކު އެމީހުންގެ އަތު ނުޖެހި ސަލާމަތްވެފައިވާ ކަމަށްވެ އެވެ.

މިއަދު 140 ކުދިން ވަގަށް ނަގާފައިވާއިރު އިއްޔެ ވަނީ ޒާރިއާގެ ހޮސްޕިޓަލަކުން ދެ ނަރުހުންނާއި 12 މަހުގެ ކުއްޖަކު ވަގަށް ނަގަށް ނަގާފަ އެވެ. އަދި ހަމަ އިއްޔެ ވަނީ ޒާރިއާގެ ނެޝަނަލް ޓިއުބަކްލޯސަސް ސެންޓަރުން އަށް ކުއްޖަކު ވަގަށް ނަގާފައި އެވެ.

ނައިޖީރިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މި ދުވަސްވަރު ވަގަށް ނަގާ މީހުންގެ އަމާޒަށް ސްކޫލް، ޔުނިވާސިޓީ ތަކާއި އާންމުކޮށް މީހުން ގޮސް އުޅޭ އެހެނިގެން ތަންތަން ވެފައިވާ ކަމަށެވެ. ސަރުކާރުން ތުހުމަތު ކުރަނީ ކުދިންތައް ވަގަށް ނަގާފައިވަނީ ނައިޖީރިއާގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ޖަމާއަތް ކަމަށްވާ ބޯކޯ ހަރަމް އިންނެވެ.

މިދިޔަ ޑިސެމްބަރު މަހުވެސް 1،000 އަށްވުރެ ގިނަ ކުދިން އެ ޖަމާއަތުން ވަގަށް ނެގި އެވެ. އޭގެ ތެރެއިން ނުވަ ކުދިން މަރާލާފައިވާއިރު އަދިވެސް 200 ކުދިން ވީނުވީތަނެއް ނޭގޭ ކަމަށާއި އޭގެ ތެރޭގައި އުމުރުން އެންމެ ތިން އަހަރުގެ ކުދިންވެސް ހިމެނޭ ކަމަށް ނައިޖީރިއާ ސަރުކާރުން ބުނެ އެވެ.

އެންމެ ފުރަތަމަ ބޯކޯ ހަރަމްއިން އެއްފަހަރާ ގިނަ ކުދިންތަކެއް ވަގަށް ނެގީ 2014 ވަނަ އަހަރު އެވެ. އެ އަހަރު 276 ކުދިން ސްކޫލްގައި ތިއްބަ ވަގަށް ގެންގޮސްފައިވާތީ ނައިޖީރިއާގައި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ސެކިއުރިޓި އޮންނަނީ ވަރުގަދަ ކޮށްފަ އެވެ.

އެކަމަކު އެމީހުންގެ ހަމަލާތަކާއި ކުދިން ވަގަށް ނެގުމުގެ އަމަލަށް ބަދަލެއް އައިސްފައި ނުވާއިރު ސެކިއުރިޓި ބަލަހައްޓާކަމުން ވާކަމެއް ނޯން ކަމަށް ބައެއް އާންމުން މީޑިއާގައި ބުނެފައިވެ އެވެ.

ނައިޖީރިއާ ސަރުކާރުން ބުނީ މިއަދާއި އިއްޔެ ވަގަށް ނެގި ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.