މިއަދު ޕޮޒިޓިވް ވީ 129 މީހުން!
ރާއްޖެއިން އިތުރު 129 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެއީ މާލެ ސަރަހައްދުން 15 މީހުންނާއި އަތޮޅުތަކުން 111 މީހުން ނެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 2 މީހުންނާއި ލައިވް ބޯޑުތަކުން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު މިވަނީ 74،480 އަށް އަރާފަ އެވެ.
ފާއިތުވި 24 ގަޑި އިރު 3226 ސާމްޕަލް ނަގާފައިވާ އިރު، ކޮވިޑު ބައްޔަށް ބޭސްކުރަމުން ދިޔަ 71،029 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 25 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި 213 މީހުން ވަނީ މިހައިތަނަށް ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/Sx5JTKoi0r
— Health Protection Agency (@HPA_MV) July 5, 2021