ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯރެޓޮރީ ޤާއިމްކުރުމަށް ޑިޒައިން ކޮންސަލްޓަންސީގެ ފަހުމުނާމައިގާ ސޮއިކޮށްފި
ލ. ފޮނަދޫގައި ޤާއިމުކުރާ، ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީ ޤާއިމުކުރުމުގެ މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލުކޮށްފި އެވެ.
މިއީ ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ހިމެނޭ ކަމެކެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޯލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ އެވެ. އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާވިއަތު އަބްދުއް ސައްތާރެވެ.
މި އެއްބަސްވުމުގެ ދަށުން، ލ. ފޮނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ މަސައްކަތުގެ ސާރވޭކުރުމާއި ޑިޒައިނަޢީ ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ.
މި މަސައްކަތްކުރުމަށް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300.00 ( ދެ ލައްކަ ހަތްދިހަ ހާސް އިންސަތޭކަ) ރުފިޔާއެވެ.
އެއްބަސްވުމުގައިވާގޮތުން މި މަސައްކަތް 6 މަސްދުވަހުގެތެރޭގައި ނިންމަން ޖެހެ އެވެ.