ނައިކް ގެ “ގޯ ފްލައިއީޒް” ބޫޓު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް!

ނައިކް ކުންފުނިން ‘ގޯ ފްލައި އީޒް’ ގެ ނަމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބޫޓެއް އުފައްދައިފި އެވެ.

އެމެރިކާގެ މަޝްހޫރު ބޫޓު ހަދާ މަލްޓިނޭޝަނަލް ބްރޭންޑް ނައިކުން އުފައްދާފައިވާ މި ބޫޓަކީ ނާޑުވާއާއި ނުލާ ތައްޔާރުކޮށްފައިވާ ބޫޓެކެވެ.

އިޝްތިހާރު Below Header ad

އެ ކުންފުނިން ބުނީ މިއީ އިނގިރޭސިވިލާތުގެ ޢުމުރުން 16 އަހަރުގެ މެތިއު ވޯލްޒާގެ ފަރާތުން އައި ޚިޔާލެއް ކަމަށާއި މެތިއު އަކީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ފުއްޕާމޭ އެއްކޮށް ފުރިހަމަނުވާ ކުއްޖެއް ކަމަށެވެ.

ކޮލެޖަށް ދާން ރަނގަޅު ބޫޓެއް ތަޢާރަފް ކޮށްދިނުމަށް އެދި 2012 ވަނަ އަހަރު ނައިކަށް، މެތިއު ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި މެތިއު ބުނެފައިވަނީ އޭނާއަށް ހަމައެކަނި އެރެނީ ބާސްކެޓް ކުޅެންދާ ބޫޓަށް ކަމަށް ބުނެފައިވާ ކަމަށް ވެސް ނައިކުން ބުނެފައި ވެއެވެ.

އެއީ އޭނާގެ ތަނބިކައްޓަށް ސަޕޯޓް ބޭނުންވާތީ ކަމަށް ބުނެފައިވާ ކަމަށް ވެސް ނައިކް ކުންފުނިން ބުނެފައި ވެއެވެ.

މެތިއުގެ މި ސިޓީއާއެކު އެފަދަ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނައިކުން ފެށި މަސައްކަތުގައި އުފައްދާފައި މިވާ ބޫޓަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ އެތްލީޓުންނަށް އަމާޒުކޮށް އުފައްދާފައިވާ ބޫޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

Nike 1

“މިއީ 9 އަހަރުގެ ދިރާސާއާއި ޓެސްޓުތަކަށް ފަހު، ހަދާފައިވާ ބޫޓެއް. އަތްނުލާ އެރޭ މި ބޫޓުގެ އަގަކީ 120 އެމެރިކާ ޑޮލަރު.

ނައިކު ކުންފުނިން ބުނެފައި ވެއެވެ.

މި ބޫޓުގެ 3 ވައްތަރެއްގެ އެކި ކުލަތައް ބާޒާރަށް މިހާރުވަނީ ނެރެފަ އެވެ. އެއީ އެންތްރަސައިޓް، ރޭސަރ ބްލޫ އެންޑް ބްލެކް، ސެލެސްޓީނާ، ވޯލްޓް އެންޑް ވައިޓް އަދި ޑައިނެމިކް ޓާކުއިޝް ހައިޕަރ ކްރިމްސަން އެންޑް ބްލެކް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.