27 މެމްބަރުންގެ ވޯޓާއެކު ޓެކްސް މާފު ކުރުމުގެ ބާރު ރައީސްއަށް ދޭން ފާސްކޮށްފި

27 މެމްބަރުންގެ ވޯޓާއެކު ޓެކްސް މާފު ކުރުމުގެ ބާރު ރައީސްއަށް ދޭން ފާސްކޮށްފި އެވެ.

ޓެކްސް މާފު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީން ފާސް ކޮށްފައިވަނީ އިޤުތިޞާދީ ކޮމިޓީން އެ ބިލު ދިރާސާކުރުމަށްފަހު އެކުލަވައިލި ރިޕޯޓަށް މާބޮޑު ބަދަލެއް ގެނައުމަކާނުލަ އެވެ.

އިޝްތިހާރު Below Header ad

އެ ބިލު 27 މެންބަރުންގެ ވޯޓުން ފާސްކުރި އިރު، ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ބިލުގައި ވާގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދާ އިރު، އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބި ދޭނެ އެވެ. އަދި އިސްތިސްނާ ކުރެވޭނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ ލަފާ ހޯއްދަވައި ގެންނެވެ.

އާމްދަނީން ނަގާ ޓެކްސްގެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިންގ ޓެކްސް ނުނަގަން ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ދެ އިސްލާހަށް ވެސް މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު، ވިތު ހޯލްޑިންގ ޓެކްސް ނެގުން ހުއްޓާލުމުން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ކުންފުނިތައް ބިކަ ވެދާނެ ކަަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

މި ބިލުގައި އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާވާ ބައެއް އާމްދަނީތައް ހިމަނާފައި ވެއެވެ.

އެގޮތުން ރައީސާއި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުން ހަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި އެތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑްރައިވަރުގެ މުސާރަ ވަނީ އިސްތިސްނާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.